Article Top
ޚަބަރު •

މިއަދާއި މާދަމާ ވެސް ޕާސްޕޯޓުގެ ޚިދުމަތް ދޭނެ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މިއަދާއި މާދަމާ ވެސް ޕާސްޕޯޓުގެ ޚިދުމަތް ދޭނެ

އިމިގްރޭޝަން އިން ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ދެނީ.

ޖުމްހޫރީ ދުވަހާ ގުޅިގެން މިއަދާއި މާދަމާ ސަރުކާރު ބަންދު ކުރި ނަމަވެސް، ޕާސްޕޯޓުގެ ޚިދުމަތް ދެމުން ގެންދާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފި އެވެ.

އިމިގްރޭޝަން އިން ސޯޝަލް މީީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، ޖުމްހޫރީ ދުވަހުގެ ބަންދާއި ގުޅިގެން ނޮވެންބަރު 11 އަދި 12 ވަނަ ދުވަހު މާލެ ސަަރަހައްދުގައި ހިމެނޭ އިމިގްރޭޝަން އޮފީސް ތަކުންނާއި، އައްޑޫ އިމިގްރޭޝަން އޮފީހުން ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިމިގްރޭޝަން އިން ބުނެފައި ވަނީ އިމުގާ މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 24 ގަޑިއިރު ހުޅުވާލާފައި ހުންނާނެ ކަމަށެވެ.

ޕާސްޕޯޓު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް:

މާލެ އިމިގްރޭޝަން އޮފީހުން ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ، ހެނދުނު 09:00 އިން ފެށިގެން، މެންދުރު ފަހު 16:00 އަށެވެ.

ހުޅުމާލެ އިމިގްރޭޝަން އޮފީހުން ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ، ހެނދުނު 08:30 އިން ފެށިގެން، މެންދުރު ފަހު 16:00 އަށެވެ.

އައްޑޫ އިމިގްރޭޝަން އޮފީހުން ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ، ހެނދުނު 09:00 އިން ފެށިގެން، މެންދުރު ފަހު 17:00 އަށެވެ.

މީގެ އިތުރުން އިމިގްރޭޝަން އިން ބުނީ މެޑިކަލް އިމަޖެންސީ ޙާލަތްތަކުގައި ގުޅުއްވާނީ، 9555333 އަށް ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް