Article Top
ޚަބަރު •

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް އެކުލަވާލައްވައިފި

"ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް"ގައި ހިމެނޭ މެމްބަރުން.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިއަދު އެކުލަވާލައްވައިފި އެވެ.

މި މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނީ ރަައީސް މުޢިއްޒު އެވެ.

މިއީ ޤައުމުގެ ކަންކަން ހަރުދަނާ ގޮތުގައި ހިންގުމާއި، ސަރުކާރުގެ ކަންކަން ރަނގަޅު ގޮތުގައި ގެންދިޔުމަށް އަދި ޤައުމަށް ދިމާވާ އެކި ކަންކަމާ ގުޅިގެން، މަޝްވަރާ ހޯދަން ޖެހޭ ކަންކަމުގައި ރައީސް އަށް މަޝްވަރާ ދެއްވުމަށްޓަކައި، "ދައުލަތުގެ ޢިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް" ގެ ނަމުގައި އުފެއްދެވި މަަޖިލިހެކެވެ.

މި މަޖިލީހުގައި ހިމެނޭ މެމްބަރުންނަކީ:

1. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޢަބްދުﷲ ކަމާލުއްދީން.
2. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް.
3. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޢަބްދުއް ރަޝީދު ޙުސައިން.
4. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަނީސާ އަޙުމަދު.
5. ނިޝާން އަސްކަރީގެ ވެރިޔާ މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ ޢަލީ ޖަލީލް.
6. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޑޮކްޓަރު މުޙައްމަދު ލަޠީފު.
7. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ.
8. ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އިބްރާހީމް އިސްމާޢީލް ޢަލީ.
9. ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އަޙުމަދު ނަސީމް.
10. ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ބަދުރުއްނަޞީރު.
11. ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އާދަމް ޢަބްދުއްރަޙްމާނު.
12. ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އަލްއުސްތާޛު އަޙްމަދު ޝާކިރު.

މި މަޖިލިސް އުފައްދަވާނެ ކަމަށް ރައީސް މުޢިއްޒު އިއުލާން ކުރައްވާފައި ވަނި މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް