Article Top
ޚަބަރު •

"ޤައުމު ދެކެ ލޯބިވުމާއި، ޤައުމު އިސްކުރުން އަދި ކާބަފައިންގެ ރިވެތި އަޚުލާޤީ ސިފަތައް ދަމަހައްޓަން ޖެހޭ"

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

"ޤައުމު ދެކެ ލޯބިވުމާއި، ޤައުމު އިސްކުރުން އަދި ކާބަފައިންގެ ރިވެތި އަޚުލާޤީ ސިފަތައް ދަމަހައްޓަން ޖެހޭ"

ހުރަވީ ދުވަސް ފާހަގަ ކުރުމަށް ހުރާގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ހީނާ ވާހަކަ ދައްކަވަނީ. - ފޮޓޯ/ ޕީއެސްއެމް

ދިވެހި ޤައުމު ދެކެ ލޯބިވުމާއި، ދިވެހި ޤައުމު އިސްކުރުމުގެ އިތުރުން، ކާބަފައިންގެ ފަރާތުން ވާރުތަވި ރިވެހި އަޚުލާޤީ ސިފަތައް ދަމަަހައްޓަން ޖެހޭ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހީނާ މިހެން ވިދާޅުވީ، ހުރަވީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލެ އަތޮޅު ހުރާގައި މިއަދު ބޭއްވި ޖަލްސާގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. އެ ޖަލްސާގައި މިނިސްޓަރު ހީނާ ވިދާޅުވީ، ހުރަވީ ދުވަސް ފާހަގަ ކުރަމުން އަންނައިރު، އެ ދުވަހުގެ ބަޠަލުގެ މަތިން ހަނދާން އައު ކުރަން ޖެހޭ ކަަމަށެވެ. އެގޮތުން އައްސުލްޠާނުން ޣާޒީ ޙަސަން ޢިއްޒުއްދީން، ހޮޅިންގެ ކިބައިން ރާއްޖެ ސަލާމަތް ކުރުމަށް ކުރެއްވި ބުރަ މަސައްކަތް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން މިނިސްޓަރު ހީނާ ވިދާޅުވީ، ހުރަވީ ދުވަހު ހުރިހާ ދިވެހި ރައްޔިތުން ވެސް ޢަޒުމު ކަނޑައަޅަން ޖެހޭ އަދި ޢިބުރަތް ހާސިލު ކުރަން ޖެހޭ ކަންތައްތަކެއް ހުރި ކަމަަށެވެ. އެގޮތުން ދިވެހި ޤައުމު ދެކެ ލޯބިވުމާއި، ދިވެހި ޤައުމު އިސްކުރުމާ އެކު، ދިވެހިންގެ ކާބަފައިންގެ ފަރާތުން ވާރުވަތި ރިވެތި އަޚުލާޤީ ސިފަތައް ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި އެވެ.

މިނިސްޓަރުގެ ވާހަކައިގައި ވަނީ އިިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު އާއި، ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫއުގެ ވާހަކަ ފާހަގަ ކުރައްވައިފަ އެވެ. މިއީ އުމްރާނީ ބިނާ ކުރުމާއި، އިންސާނީ ބިނާ ކުރުމުގެ މައްޗަށް، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތެއް ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެ ޖަލްސާގައި މިނިސްޓަރު ހީނާ ދެއްކެވި ވާހަކައިގައި ވަނީ ޤައުމުގެ ދިފާއުގައި ދޮންބަންޑާރައިން ކުރެއްވި ޖިހާދައި، ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ވާހަކަ ފާހަގަ ކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް