Article Top
ޚަބަރު •

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު ހޮނިހިރު ދުވަހުގެ ރޭ އިފްތިތާހު ކުރަނީ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު ހޮނިހިރު ދުވަހުގެ ރޭ އިފްތިތާހު ކުރަނީ

އިޙްތިރާމް އަދާ ކުރުމުގެ ޤައުމީ މަޝްރޫއާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން.

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންދާ، އިޙްތިރާމް އަދާ ކުރުމުގެ ޤައުމީ މަޝްރޫއު ހޮނިހިރު ދުވަހުގެ ރޭ އިފްތިތާހު ކުރުމަށް ތައްޔާރުވެއްޖެ އެވެ.

މުޅި ރާއްޖެ އަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއު އިފްތިތާހު ކުރުމުގެ ޚާއްސަ ޖަލްސާ އޮތީ ހޮނިހިރު ދުވަހުގެ ރޭ، މާފަންނު ދުވާ ޓްރެކުގައި އެވެ. އެ ޖަލްސާގެ އެންމެ ފަހުގެ ތައްޔާރީތައް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އިން އަންނަނީ ކުރިއަށް ގެންދަމުންނެވެ.

އިޙްތިރާމް އަދާ ކުރުމުގެ ޤައުމީ މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް މުޢިއްޒު އިއުލާން ކުރެއްވީ މިއަހަރުގެ ޖުލައި މަހު އެވެ. އެގޮތުން އެއީ، ދިވެހިންގެ ތެރޭގައި އޮތް އަދަބާއި، އަޚުލާޤުގެ މައްޗަށް ބިނާވާ، ދިވެހިންގެ އައިޑެންޓިޓީ ހިފެހެއްޓުމުގެ މަޤުސަދުގައި ފަށާ މަޝްރޫއެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މި މަޝްރޫއު ކުރިއަށް ގެންދިޔުމުގައި ސަރުކާރުގެ ހުރިހާ އިދާރާތަކާއި، މުއައްސަސާތަކުގެ އިތުރުން ކުންފުނިތަކުން ވެސް ބައިވެރިވާނެ އެވެ. އެކަމާ ގުޅޭ ގޮތުން މިނިސްޓަރު ހީނާ ވަލީދު ގެންދަވަނީ އެކި އެކި އިދާރާ ތަކުގެ އިސްވެރިންނާ ބައްދަލު ވެސް ކުރައްވަމުންނެވެ.

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއުގައި ބޭނުން ކުރާނެ ލޯގޯ އިއުލާން ކުރުން ވެސް އޮތީ އެ ޖަލްސާގައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް