Article Top
ޚަބަރު •

ސީޕްލޭން ހާދިސާ ހިނގި ސަބަބު ތަޙުގީގު ކުރުމަށް ފަހު ހާމަ ކުރާނެ ކަމަށް ބުނެފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ސީޕްލޭން ހާދިސާ ހިނގި ސަބަބު ތަޙުގީގު ކުރުމަށް ފަހު ހާމަ ކުރާނެ ކަމަށް ބުނެފި

ބުދަ ދުވަހު ހިނގި ހާދިސާގައި ދިޔަވި ސީޕްލޭން.

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭނެއް ދިޔަވެ ހިނގި ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށާއި، އެކަން ހިނގައި ދިޔަ ގޮތް ހާމަ ކުރާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު (އެމްޓީއެސްބީ) އިން ބުނެފި އެވެ.

އެމްޓީއެސްބީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ބުދަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނޫވިލު ސީޕްލޭން ޓާމިނަލް އިން ފުރަން އުޅުމުގެ ތެރޭގައި، ސީޕްލޭނެއް ޑޮކްގައި ޖެހި ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.

އެ ހާދިސާގައި ބޯޓުގެ އެއް ކެބިން އެޓެންޑެންޓަށް އަނިޔާވެފައިވާ ކަަމަށާއި، އޭނާ އަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް އެމްޓީއެސްބީ އިން ވަނީ ބުނެފައި އެވެ. ނަަމަވެސް، އެ ހާދިސާގައި އިތުރު އެހެން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެ ބޯޑުން ވަނީ ފާހަގަކޮށްފައި އެވެ.

މީގެ އިތުރުން އެމްޓީއެސްބީ އިން ބުނީ އެ ބޯޑުން ގެންދަނީ އެ ހާދިސާ ތަޙުގީގު ކުރަމުން ކަމަށާއި، އިތުރު މައުލޫމާތު ކަށަވަރު ކުރެވެމުންދާ މިންވަރަކުން ހާމަ ކުރާނެ ކަމަށެވެ.

ބުދަ ދުވަހުގެ މެންދުރު ފަހު ހިނގި މި ހާދިސާގައި ބޯޓުގެ ކެބިން އެޓެންޑެންޓަށް އަނިޔާވެފައިވާއިރު، އޭނާ އަށް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ އިން ފެށިގެން އޭނާ އަށް ވެންޓިލޭޓަރުގައު ފަރުވާ ދެމުން އަންނައިރު، އަދި ވެސް އޭނާގެ ޙާލަތު ބަދަލެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް