Article Top
ޚަބަރު •

ބޭސް ހޯދުމަށް ފަސޭހަ ކުރުމުގެ ގޮތުން ޤާއިމުކުރާ ޕޯޓަލް ބޭނުން ކުރަން ފަށަނީ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ބޭސް ހޯދުމަށް ފަސޭހަ ކުރުމުގެ ގޮތުން ޤާއިމުކުރާ ޕޯޓަލް ބޭނުން ކުރަން ފަށަނީ

ސްޓޭޓްފާމާ.

ބޭސް ހޯދުމުގައި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލު ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މި މަހު ޚާއްސަ ޕޯޓަލްއެއް ބޭނުން ކުރަން ފަށަން ތައްޔާރުވެއްޖެ އެވެ.

ބޭހުގެ މައްސަލަ އަށް ޙައްލެއް ހޯދުމުގެ ގޮތުން، ސްޓޭޓްފާމާގެ ނަމުގައި ވަނީ ބޭހަށް ޚާއްސަ ވަކި ކުންފުންޏެއް އުފައްދައިފަ އެވެ. އެ ކުންފުނިން މިހާރު ކުރަމުން އަންނަނީ، މުޅި ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ބޭސް، ފަސޭހަކަމާ އެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތެވެ.

އެކަމާ ގުޅޭ ގޮތުން ސްޓޭޓްފާމާ އިން ބުނެފައި ވަނީ، އެ ކުންފުނިން އިފްްތިތާހު ކުރާ ޕޯޓަލް އަކީ ފަސޭހަކަމާ އެކު ބޭނުން ކުރެވޭނެ ޕޯޓަލެއް ކަމަށެވެ. އެގޮތުން ކޮންމެ ތަނެއްގައި ހުރެގެން ނަމަވެސް، އެ ޕޯޓަލް ބޭނުން ކުރެވޭނެ ކަމަށާއި، ބޭސް ލިބެން ހުރި ފާމަސަތީތައް ފަސޭހަ އިން ބަލާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ. އަދި އެ ބޭސް ލިބެން ހުރި އަގެއް ވެސް ބެލެން ހުންނާނެ ކަމަށް ބުނެފައިވެ އެވެ.

ސްޓޭޓްފާމާ އިން ބުނީ، އެ ޕޯޓަލް މި ހިނގާ ނޮވެމްބަރު މަހުގެ ތެރޭގައި ބޭނުން ކުރަން ފެށޭނެ ކަމަށެވެ. އެ ކުންފުނީގެ އެންމެ ބޮޑު މަޤުސަދަކީ، ޒަމާނީ ވަސީލަތްތަކާއެކު، ޓެކްނޮލޮޖީގެ އެހީތެރިކަމާ އެކު ރައްޔިތުންނަށް ލުއި ފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމެވެ. ހަމަ އެހެންމެ، ވީ އެންމެ އަވަހަކަށް، ބޭނުންވާ ބޭސް ރައްޔިތު މީހާ އަށް ލިބޭނެ ރަނގަޅު އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް އެ ކުންފުނިން ގެންދަނީ ކުރަމުންނެވެ.

މީގެ އިތުރުން ސްޓޭޓްފާމާ އިން ބުނެފައި ވަނީ، ރާއްޖެ އަށް ބޭނުންވާ ބޭސް ކުރީ ބައިގައި ދެނެގަނެވި، ސްޓޮކް ހުސްވުމުގެ ކުރިން ބޭސް ގެނެވޭނެ އިންތިޒާމު ވެސް ހަމަޖެހިގެން ދާނެ ކަަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް