ޚަބަރު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވެ ފަރުވާދެމުން އައި މީހާ ނިޔާވެއްޖެ

އަލީ އީމާން

ލިޔުންތެރިޔާ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވެ ފަރުވާދެމުން އައި މީހާ ނިޔާވެއްޖެ

އެކްސިޑެންޓުގައި ނިޔާވި މުހައްމަދު އަފީފް

ހުޅުމާލެ ފޭސް 2 ގައި އޮގަސްޓު 31 ވަނަ ދުވަހު ހިނގި އެކްސިޑެންޓުގައި އަނިޔާވެެގެން ފަރުވާދެމުން އައި މީހާ ނިޔާވެއްޖެ އެވެ.

ފުލުހުން އާންމުކޮށްފައިވާ ގޮތުގައި ނިޔާޥެފައިވަނީ ޅ.ކުރެންދޫ އަށް ނިސްބަތްވާ އުމުރުން 62 އަހަރުގެ މުހައްމަދު އަފީފު އެވެ. އަފީފު ނިޔާވެފައިވަނީ އެކްސިޑެންޓުގައި ލިބަފައިވާ ސީރިއަސް އަނިޔާތަކަށް ޓްރީޓޮޕް ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް، ސެޕްޓެމްބަރު 15 ވަަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

މި އެކްސިޑެންޓަކީ ހުޅުމާލެ ފޭސް 2ގެ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅޭ ހަަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހިގެން ހިނގައިފައިވާ އެކްސިޑެންޓެކެެވެ. މި އެކްސިޑެންޓުަގައި އަފީފުގެ އިތުރަށް އޭނާގެ 24 އަހަރުގެ ދަރިފުޅަށް ވެސް ވަނީ އެކިވަރުގެ އަނިޔާ ލިބިފައި އެވެ.

ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށް ދެބަފައިން އެންމެ ފުރަތަމަ ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ނަަމަވެސް އަފީފުގެ ހާލު ސީރިއަސްވުމުގެ ސަބަބުން އޭނަ ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައި އެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ އިތުރު ތަހުގީގުތައް ވަނީ ފަށާފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް