Article Top
ޚަބަރު •

ހައްޖު އެއްބަސްވުމުގައި ރާއްޖެއާއި ސައުދީން ސޮއިކޮށްފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ހައްޖު އެއްބަސްވުމުގައި ރާއްޖެއާއި ސައުދީން ސޮއިކޮށްފި

ޙައްޖުގެ އެއްބަސްވުމުގައި ރާއްޖެއިން ސައުދީއާއެކުރުން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އަންނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާއި ސައުދީ އަރަބިއްޔާގެ ޙައްޖު އަދި އުމްރާއާ ބެހޭ މިނިސްޓްރީއާ ދެމެދު ރަސްމީ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދެ ޤައުމުން ސޮއިކޮށްފައިވާކަން ހާމަކޮށް، އިސްލާމިކް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ އަންނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ އިންތިޒާމުތަކާ ގުޅޭގޮތުން ވެވުނު އެއްބަސްވުމެއް ކަމަށެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ނައިބު އުސާމް މުޙައްމަދު ސައީދެވެ. ސައުދީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޙައްޖު އަދި އުމްރާ ވުޒާރާގެ ނައިބު ޑރ. އަބްދުލްފައްތާޙް މަޝާތެވެ.

މިއީ ޙައްޖުގެ އަޅުކަން އަދާކުރުމަށް އެކި ޤައުމުތަކުން މީހުން ދިއުމުގެ ކުރިން، ކޮންމެ އަހަރަކުވެސް އެ ޤައުމުތަކާއި ސައުދީ ސަރުކާރާ ދެމެދު ވެވޭ އާންމު އެއްބަސްވުމެކެވެ. މީގެ މައިގަނޑު ބޭނުމަކީ ޙައްޖު މޫސުމުގެ އިންތިޒާމުތައް ހަމަޖައްސައި، އަމަލުކުރަންޖެހޭ މިންގަނޑުތައް އެކަށައެޅުމެވެ.

މި އެއްބަސްވުމުގެ ދަށުން، ޙައްޖާ ގުޅޭ އެކި ޚިދުމަތްތަކަށް އަގު އަދާކުރާނެ އުސޫލުތަކާއި، ދިވެހި ޙައްޖު ގްރޫޕުތަކުން ޚިދުމަތް ފޯރުކޮށްދިނުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ކަނޑައެޅިގެންދާނެއެވެ. މީގެ އިތުރުން، ދިވެހި ޙައްޖުވެރިންގެ އެންމެހައި ކަންކަން ގާތުން ބެލެހެއްޓުމަށްޓަކައި، ޙައްޖު ދުވަސްވަރު ސައުދީގައި ރާއްޖޭގެ ޙައްޖު މިޝަނެއް ގާއިމުކުރުން ވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.

ކަލަންޑަރުގައި ވާގޮތުން، އަންނަ އަހަރުގެ ޙައްޖު ދުވަސްވަރު ދިމާވާނީ މެއި މަހުގެ މެދެއްހާ ހިސާބަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް