Article Top
ޚަބަރު •

"ރޭގެ އެއްވުމުގައި ލޯންޗު ކުރީ ރިޔާސީ ކެމްޕެއިން، ގައުމީ ކަމެއް ނަމަ އެންމެ ކުރީގައި ހުންނާނަން"

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

"ރޭގެ އެއްވުމުގައި ލޯންޗު ކުރީ ރިޔާސީ ކެމްޕެއިން، ގައުމީ ކަމެއް ނަމަ އެންމެ ކުރީގައި ހުންނާނަން"

މިނިސްޓަރު ޝިޔާމް --

ރަސްމާލެ މަޝްރޫއު ޔޫއޭއީގެ އީގަލް ހިލްސްއަށް ދިނުމާ ދެކޮޅަށް ރޭ ބޭއްވި އެއްވުމުގައި ފެނުނީ، 2028 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިން ލޯންޗުކުރި މަންޒަރު ކަމަށް ފިޝަރީސް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި މިނިސްޓަރު ޝިޔާމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމީ ކަމެއް ނަމަ އޭނާ ވެސް އެންމެ ކުރީގައި ހުންނަވާނެ ކަމަށާއި ނަމަވެސް ރޭ ފެނުނީ ވާދަވެރި ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައި، 2028 ގެ ކެންޕެއިން ހަރަކާތް ލޯންޗުކުރި މަންޒަރު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ޑރ.މުޢިއްޒަކީ 5 އަހަރުގެ ދައުރެއްގައި ދީނީ ކަންކަމަށް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ޤައުމީވަންތަ ސިފަ އެންމެބޮޑަށް ފެންނަވެެރިކަމެއް ކުރައްވާ ރައީސްކަން ޔަޤީންކަމަށެވެ. އަދި ރާއްޖޭގެ ވެެރިކަން މީގެ ކުރިން ކުރެއްވި އެހެން ގިނަ ވެެރިންނާ ޚިލާފަށް ރައީސް ޑރ.މުޢިއްޒަކީ ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިޒުރޭލުން ހިންގާ ލާއިންސާނީ ޢަމަލުތައް ކުއްވެރިކޮށް ރާއްޖެއާއި ބޭރު ދުނިޔޭގައި ފާޅުގައި ކެރިގެން އެންމެ ބާރަށް ވަކާލާތުކުރައްވާ އަދި މަޢުނަވީ ގޮތެއްގައި އެންމެ ބޮޑު އިޙުތިޖާޖެއް ކުރައްވަމުން ގެންދަވާ ރައީސަކީ ވެސް ރައީސް ޑރ. މުއިއްޒުކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައްޔިތުން އިލްތިޒާމު އުފުލަން ޖެހޭ ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތާގުޅޭ ކަންކަން މީގެކުރިން ރައްޔިތުން ކުރެން އަހާނުލާ އަދި ކުޑަމިނުން ރައްޔިތުންގެ މަޖިލީހަށްވެސް އަންގާނުލާ ކުރައްވައިގެން ތިއްބެވި ބޭފުޅުން މިއަދު ޤައުމޭ، މިނިވަންކަމޭ، ސިޔާދަތޭ އަދި ދީނޭ ވިދާޅުވިޔަސް ރައްޔިތުންނަށް އެބޭބޭފުޅުންގެ ސިޔާސީ ފަތިފުށް އަދި ނިޔަތް ވަރަށްވެސް ސާފުކަމަށް ވެސް އެމަނކިފާނު ވިދާޅުވިއެވެ.

އެބޭފުޅުން ހާސިލްކުރައްވަން ބޭނުންފުޅުވަނީ އެންމެ ކަމެއްކަމަށާއި. އެއީ ސިޔާސީ މަޤްޞަދުކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ

އެމަނިކުފާނު ވިދާޅުވީ އީގަލް ހިލްސް އިން ޝައުގުވެެރިކަން ފާޅުކޮށްފައިވާ ރަސްމާލެ މަޝްރޫއަކީ ދިވެހިތާރީޚު ޒަމާންތަކަކަށް ދެކޭނެ އެންމެ ބިޔަ މަޝްރޫޢުކަމަށެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދީ ނާރެސް ބަދަލުކޮށް ދިވެހިންގެ ދިރިއުޅުންތަކަށް އުޖާލާކަން ގެނުވާނެ އުއްމީދީ މަޝްރޫއެއް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް