Article Top
ޚަބަރު •

މިއީ ވެރިއަކު ޤައުމުގެ ކުރިއެރުމަށްޓަކައި އިންސާނީ ބިނާކުރުމަށްޓަކައި ފެއްޓެވި އެންމެ ބޮޑު މަސައްކަތް: ހީނާ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

މިއީ ވެރިއަކު ޤައުމުގެ ކުރިއެރުމަށްޓަކައި އިންސާނީ ބިނާކުރުމަށްޓަކައި ފެއްޓެވި އެންމެ ބޮޑު މަސައްކަތް: ހީނާ

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ---

އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއަކީ ދިވެހި ވެރިއަކު ޤައުމުގެ ކުރިއެރުމަށްޓަކައި އިންސާނީ ބިނާކުރުމަށްޓަކައި ފެއްޓެވި އެންމެ ބޮޑު މަސައްކަތްޕުޅުކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢު ފެށުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދިވެހި އުންމަތަށް ނަޒަރު ހިނގާލައްވައި މި މަޝްރޫއު ފައްޓަވައިދެއްވަނީ ދިވެހި ލޮބުވެތި ވަތަނާއި އަންނަން އޮތް ޖީލުތަކުގެ ދެމި އޮތުމަށްޓަކައި ކަމަށެވެ.

ހީނާ ވިދާޅުވީ، އަދަބާއި އިޙުތިރާމްއަކީ އިންސާނީ މުޖުތަމައެއްގެ ފުރާނަ ކަމަށެވެ. އެގޮތުން އެއީ އިންސާނީ އެންމެ ފުނުން އުފެދޭ އަޚުލާޤީ ރިވެތި ރޫހެއް ކަމަށާއި، އެހެން މީހުންގެ އިހްސާސްތަކަށް ހިތް ހުޅުވާލާ، އެހެން މީހުންގެ ހާލަތު ހިތަށް ގެނެސްގެން ބަލައިގަންނަ ބަލައިގަތުމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިޙުތިރާމްއަކީ އަނެކާގެ އިންސާނިއްޔަތު ކަމަށްދެވޭ އެންމެ ފުރިހަމަ ގަދަރާއި ލޯބި ކަމަށާއި، މިފަދަ ގަދަރާއި ލޮތްބަކީ ގުޅުން އުފެދުމާއި އިތުބާރު ޤާއިމްވުމާއި ހިތްފަސޭހަކަމަށް މަގުދައްކައި ބާރު އަޅާކަމެއްކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ، ކޮންމެ މީހަކީވެސް އިޙުތިރާމް އަދާކުރާ މުޖުތަމައުގެ ބައިވެރިއަކަށްވުމަށް އެދިލައްވާފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު އިފުތިތާޙު ކޮށްދެއްވާފައިވާ އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ މަޤުޞަދަކީ، މުޖުތަމަޢުގެ އެކި ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި އެކަކު އަނެކަކަށް ގަދަރާއި އިހުތިރާމްކުރުމުގެ ރީތި ސިފަ ދިވެހިންގެ ހިތްތަކުގައި އަލުން އަށަގެންނެވުމެވެ. ޚާއްޞަކޮށް ޒުވާނުންނާއި، ކުޑަކުދިންގެ މެދުގައި މި އާދަ ހަރުދަނާ ކުރުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް