Article Top
ޚަބަރު •

ކުރީ ފުރޮޅު ހިއްލައިގެން ސައިކަލު ދުއްވި މީހަކު ޖޫރިމަނާކޮށް، ސައިކަލު ޓޯކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ކުރީ ފުރޮޅު ހިއްލައިގެން ސައިކަލު ދުއްވި މީހަކު ޖޫރިމަނާކޮށް، ސައިކަލު ޓޯކޮށްފި

މީގެ ކުރިން ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހަކު، ފުލުހުން ވަނީ އޭނާއާ މެދު ވެސް ފިޔަވަޅު އަޅާފައި.

ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހަކު ޖޫރިމަނާކޮށް، އޭނާ ދުއްވި ސައިކަލު ޓޯކޮށްފި އެވެ.

ފުލުހުން ބުނެފައި ވަނީ ހުކުރު ދުވަހުގެ ރޭ 10:30 ހާއިރު، ހުޅުމާލޭ ފޭސް އެކެއްގައި އާންމު ރައްޔިތުންނަށް ބިރުވެރިކަން އުފެދޭ ގޮތަށް ސައިކަލު ދުއްވި މީހަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެގޮތުން އޭނާ ޖޫރިމަނާ ކުރުމާއެކު، ފުލުހުން ވަނީ އެ ސައިކަލު ޓޯކޮށްފައި އެވެ. ފުލުހުން ބުނީ އެއީ އުމުރުން 20 އަހަރުގެ މީހެއް ކަމަށެވެ.

Advertisement
Article Inside

މީގެ އިތުރުން ފުލުހުން ބުނެފައި ވަނީ އޭނާ ސައިކަލު ދުއްވީ ކުރީ ފުރޮޅު ހިއްލައިގެން ނުރައްކާތެރިކޮށް ކަމަށާއި، އޭނާ ސައިކަލު ދުއްވީ ހުޅުމާލޭ ފޭސް އެކެއްގެ ކިނބިގަސްމަގު ފްލެޓު 13 ކައިރިން ދެކުނުން އުތުރަށް ކަމަށެވެ.

ނުރައްކާތެރިކޮށް ސައިކަލު ދުއްވައިގެން ފުލުހުން އޭނާއާ މެދު ފިޔަވަޅު އަޅާފައިވާއިރު، މިފަދަ މައްސަލަތަކުގައި ދޭތެރެއިން ފުލުހުން ފިޔަވަޅު އަޅަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް