އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ގައުމީ ރާޅާއެޅުންތެރިންގެ ޓީމު ޖަޕާނަށް ފުރައިފި
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ސާފިން ޓީމުގެ އެތުލީޓުން. -- ފޮޓޯ/ އެމްއެސްއޭ
މި އަހަރު ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން، ކޭމްޕް ކުރުމަށާއި ތަމްރީނުތައް ކުރިއަށްގެންދިއުމަށް ދިވެހިރާއްޖޭގެ ގައުމީ ރާޅާއެޅުންތެރިންގެ ޓީމު ޖަޕާނަށް ފުރައިފި އެވެ.
މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، އޭޝިއަން ގޭމްސްގައި ރާއްޖެއިން ވާދަކުރާ ރާޅާއެޅުންތެރިންނަކީ، ޔަސީން އަހުމަދު ނާޝިދު، ކަޔާން އަބްދުﷲ އާރިފް އަދި އާމިނަތު ތާނީސް ޝިރަން އާއި މަރިޔަމް ރާހިލް ނަސީމް (އާޔާ) އެވެ. ރާއްޖޭގެ ޓީމުގެ ކޯޗަކީ ކުރީގެ އެއްވަނަ ރާޅާއެޅުންތެރިޔާ ހުސެއިން އަރީފް (އިބޫ) އެވެ.
ރާއްޖޭގެ އެތުލީޓުން އޭޝިއަން ގޭމްސްއިން ޖާގަ ކަށަވަރުކުރީ 2024 އަދި 2025 ވަނަ އަހަރު ބޭއްވުނު އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ރާޅާއެޅުންތެރިން ހޯދި މަތީ ރޭންކިންތަކުގެ ސަބަބުންނެވެ.
މިއީ އޭޝިއަން ގޭމްސްގެ ތާރީހުގައި ވެސް ސާފިން (ރާޅާއެޅުން) ރަސްމީ ކުޅިވަރެއްގެ ގޮތުގައި ހިމެނި ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއީ މި މުބާރާތުގައި ރާއްޖޭގެ ރާޅާއެޅުންތެރިން ވާދަކުރާ ތާރީހީ ފުރަތަމަ ފަހަރަށް ވެގެންދާނެ އެވެ.
ޖުމްލަ 81 މެމްބަރުންގެ ކޮންޓިންޖެންޓަކާއެކު ދިވެހިރާއްޖޭން މި އަހަރުގެ އޭޝިއަން ގޭމްސްގައި ހަތް ކުޅިވަރެއްގައި ވާދަ ކުރެ އެވެ. އެއީ ސާފިންގެ އިތުރުން އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީ، ޝޫޓިން، ސްވިމިން އަދި ޓީޓީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް