ސްޓެލްކޯގެ ބޯޑަށް ނިޒާމް އައްޔަންކޮށްފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ސްޓެލްކޯގެ ބޯޑަށް އައްޔަން ކުރި ނިޒާމް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ބޯޑަށް އަޙުމަދު ނިޒާމް އައްޔަން ކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި ސްޓެލްކޯގެ ބޯޑަށް ނިޒާމް އައްޔަން ކޮށްފައި ވަނީ އާދީއްތަ ދުވަހު އެވެ. މީގެ ކުރިން ނިޒާމް ހުރީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައި އެވެ. ނިޒާމް ވަނީ ޕްރޮޖެކްޓް މެނޭޖުކުރުމާއި، އިދާރީ ހިންގުމުގެ ދާއިރާގައި ވެސް މަސައްކަތްކޮށްފައި އެވެ.
ސްޓެލްކޯގެ ބޯޑަށް ނިޒާމް އައްޔަންކޮށްފައިވާއިރު، ދާދި ފަހުން ސަރުކާރުން ވަނީ ފެނަކަ ކޯޕަރޭޝަން އުވާލައި، ފެނަަކައިން ކުރަމުން އަންނަ ސްޓެލްކޯގެ ދަށަށް ބަދަލުކުރަން ނިންމައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް