Article Top
ޚަބަރު •

މީހުން ސަލާމަތްކުރަނިކޮށް ގެއްލުނު އިއްބެގެ ހަނދާނުގައި މިސްކިތެއް އަޅަން އެހީއަށް ހުޅުވާލައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

މީހުން ސަލާމަތްކުރަނިކޮށް ގެއްލުނު އިއްބެގެ ހަނދާނުގައި މިސްކިތެއް އަޅަން އެހީއަށް ހުޅުވާލައިފި

ހުވަދޫ ކަނޑަށް ސަޕްލައި ދޯންޏެއް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދުގެ ހަނދާނުގައި، ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ތިނަދޫ ސިޓީއަށް ނިސްބަތްވާ އިބްރާހީމް އަޙްމަދަކީ މިދިޔަ އޯގަސްޓު މަހުގެ ފަސް ވަނަ ދުވަހު ހުވަދޫ ކަނޑަށް އަޑިއަށްދިޔަ "ފްރެންޑް ހަތަރެއް" ނަމަކަށް ކިޔާ ސަޕްލައި ދޯނިން ގެއްލުނު ތިން މީހުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އޭނާގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމަށްޓަކައި އާންމުންގެ އެހީތެރިކަމަށް ރޭ ވަނީ ރަސްމީކޮށް ހުޅުވާލާފައެވެ.

ބަންގްލަދޭޝްގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ ޖުމްލަ ޚަރަދަކީ ގާތްގަނޑަކަށް 300،000 (ތިން ލައްކަ) ރުފިޔާއެވެ. މިއީ 950 އަކަފޫޓުގެ ބިމެއްގައި، ޒަމާނީ ވަސީލަތްތަކާއެކު އެއްފަހަރާ 120 މީހުންނަށް ނަމާދުކުރެވޭ ފެންވަރަށް ބިނާކުރާ މިސްކިތެކެވެ.

މި މަޝްރޫއު އިންތިޒާމުކުރާ ލޮކާސް ގްރޫޕުން ވަނީ، މި ދަރުމަވެރި މަސައްކަތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައެވެ. އެހީވާން ބޭނުންވާ ފަރާތްތަކަށް ފައިސާ ޖަމާކުރެވޭނީ ލޮކާސްގެ ބޭންކް އެކައުންޓް ނަންބަރު 7770000095045 އަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް