Article Top
ކުޅިވަރު •

ބޮޑު މޮޅަކާ އެކު ޗެމްޕިއަން މާޒިޔާ ފެށީ އިތުބާރާ އެކު

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ބޮޑު މޮޅަކާ އެކު ޗެމްޕިއަން މާޒިޔާ ފެށީ އިތުބާރާ އެކު

މާޒިޔާ އާއި އެމްއެސް މޭޓްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/އެފްއޭއެމް

އެފްއޭއެމް ވިމެންސް ލީގު 2026 ގެ ފުރަތަމަ މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއިން 8-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އެމްއެސް މޭޓްސް ބަލިކޮށް، މުބާރާތުގެ ފެށުން ވަރުގަދަ ކޮށްފި އެވެ.

ހެންވޭރު ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މި މެޗު މާޒިޔާއިން ފުރިހަމައަށް ޑޮމިނޭޓް ކޮށްގެން ކުޅުނުއިރު، މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ހަތަރު ލަނޑުގެ ލީޑެއް ނަގާފައެވެ. އަދި ދެވަނަ ހާފުގައި އިތުރު ހަތަރު ލަނޑު ކާމިޔާބު ކުރި އެވެ.

މި މެޗުގައި މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުގެ އުޒްބަކިސްތާން ކުޅުންތެރިޔާ ރުޝާނިޔާ ސަފީނާ ވަނީ ހަތަރު ލަނޑު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. މި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ހިލޭޖެހުމުންނެވެ.

މީގެ އިތުރުން، ރާއްޖޭގެ އަންހެން ފުޓްބޯޅައިގެ ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ފަދުވާ ޒާހިރާއި ޝަހުލާ ތައުފީގު، މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

ނޮވެމްބަރު 15 އިން ޑިސެމްބަރު 3 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި މިއަހަރު ޖުމްލަ 4 ޓީމަކުން ވާދަކުރެ އެވެ. ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެ މެޗު ކުޅޭ މި މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް