Article Top
ޚަބަރު •

ބިންގާ އެޅިތާ 16 މަސްދުވަސް ތެރޭގައި މާފަރު ޕޮލިސްޓޭޝަން ނިންމައި ހިދުމަތް ދޭންފަށައިފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ބިންގާ އެޅިތާ 16 މަސްދުވަސް ތެރޭގައި މާފަރު ޕޮލިސްޓޭޝަން ނިންމައި ހިދުމަތް ދޭންފަށައިފި

މާފަރު ޕޮލިސް ސްޓޭޝަން ހުޅުވަނީ ---

ނ. މާފަރުގައި އަލަށް ބިނާކުރި ޕޮލިސް ސްޓޭޝަންގެ މަސައްކަތް ނިންމައި ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

މި މަރުކަޒު ހުޅުވާފައިވަނީ އޭގެ ބިންގާ އެޅިތާ 16 މަސްދުވަހުގެ ތެރޭގައެވެ.

މާފަރު ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައި ބިންގާ އަޅާފައިވަނީ 21 ޖުލައި 2025 ގައެވެ.

ހޯމް މިނިސްޓަރު ޢަލީ އިޙްސާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާފަރު ޕޮލިސް ސްޓޭޝަން ހުޅުވިގެން ދިއުމަކީ އެ ރަށުގެ ރައްޔިތުންނަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަޝްރޫއަކީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް، ކޮންމެ ރަށެއްގައިވެސް ފުލުހުންގެ އަމިއްލަ މަރުކަޒެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ހާއްސަ އިސްނެންގެވުމުގެ ދަށުން ކުރިއަށްދިޔަ މުހިންމު މަސައްކަތެކެވެ.

މީގެ އިތުރުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި އިސްނެންގެވުމަކީ ހަމައެކަނި އުމްރާނީ ތަރައްގީއާ ގުޅިފައިވާ ކަމެއް ނޫނެވެ. މިއީ ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށާއި، މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ އިތުރުން، ފުލުހުންގެ ހިދުމަތްތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސައި، ފުލުހުންނާއި ރައްޔިތުންގެ ދެމެދުގައި އޮންނަ އިތުބާރު ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ތާރީޚީ ކާމިޔާބީއާ ގުޅިގެން ދާޚިލީ ވަޒީރު ވަނީ މާފަރުގެ ލޮބުވެތި ރައްޔިތުންނަށާއި ދިވެހި ފުލުހުންގެ ހިދުމަތަށް މަރުހަބާ ދަންނަވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް