Article Top
ޕީއެންސީ •

ޕީއެންސީއާ އެކު އަދާލަތު ޕާޓީން ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށްފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ޕީއެންސީއާ އެކު އަދާލަތު ޕާޓީން ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށްފި

ޕީއެންސީއާ އެކު އަދާލަތު ޕާޓީން ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރަނީ ---

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު ސަރުކާރުގައި ބައިވެރިވެ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ގުޅިގެން މަސައްކަތްކުރުމަށް އަދާލަތު ޕާޓީން މިއަދު ރަސްމީކޮށް ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބާރސެލޯ ނަސަންދުރާގައި މިއަދު ބޭއްވި މި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި އެއްބަސްވުމުގައި ޕީއެންސީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އަދި އަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް އައްޝައިޚް މުޙައްމަދު ޝިފާނެވެ.

މި އެއްބަސްވުމުގައި ދެ ޕާޓީން ސޮއިކޮށްފައި މިވަނީ، ހިނގަމުން މިދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއެކު ކޯލިޝަން ހަދައި، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފާސްކުރި ޤަރާރުގައި ބަޔާންކޮށްފައިވަނީ، އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަކީ އެ ޕާޓީގެ މައިގަނޑު މަޤްޞަދު ކަމަށެވެ. އަދި ޤައުމުގެ ސިޔާސީ ހަމަޖެހުމާއި އެއްބައިވަންތަކަން ވަރުގަދަކުރުމަށްޓަކައި ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަކީ ޤައުމަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ދެކޭތީ، ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ދެއްވި ދަޢުވަތު ޤަބޫލުކުރަން ނިންމީ ކަމަށްވެސް އެ ޤަރާރުގައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް