ސާފިން ސްޓޭޑިއަމްގެ މަސައްކަތް ބާރަށް ކުރިއަށްދޭ، ވަޢުދާ އެއްގޮތަށް ނިންމަވާނަން: ރައީސް
ލިޔުންތެރިޔާ
މާލޭގައި ތަރައްޤީކުރަމުން އަންނަ ސާފިން ސްޓޭޑިއަމްގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ.
ރައީސް ޑރ. މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާޅާއެޅުންތެރިންނަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް އެ ވަސީލަތް ނިންމަވައި ދެއްވާނެ ކަމަށެވެ.
ސާފިން ސްޓޭޑިއަމްގެ މަސައްކަތް މިހާރު ފުރިހަމަ ސްޕީޑުގައި ކުރިއަށްދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ކުޅިވަރުގެ މި މުހިންމު ވަސީލަތަކީ މާލޭގެ ސާފިން ކޮމިއުނިޓީއަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް ނިންމަވައި ހަވާލުކުރައްވާނެ ތަނެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެހެނިހެން ކުޅިވަރުތަކާ ގުޅުންހުރި ކޮމިއުނިޓީތަކަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް މިހާރު ފުރިހަމައަށް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް