Article Top
ޚަބަރު •

ސަރުކާރުގެ 156 ހަފުތާގެ މަސައްކަތްތައް ހިމެނޭ ޚާއްސަ ފޮތެއް!

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ސަރުކާރުގެ 156 ހަފުތާގެ މަސައްކަތްތައް ހިމެނޭ ޚާއްސަ ފޮތެއް!

ހަފުތާ 156 ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ 3 އަހަރުގެ މަސައްކަތްތައް ހިމެނޭ ޚާއްސަ ފޮތެއް މިރޭ އާންމު ކުރައްވައިފި އެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން، ހަފުތާ 156 ގެ ނަމުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޖަލްސާގައި އެ ފޮތް އިފްތިތާހު ކޮށްދެއްވީ ރައީސް މުޢިއްޒު އެވެ. އެ ޖަލްސާގައި އެ ފޮތް އާންމު ކުރެއްވުމަށް ފަހު ރައީސް މުޢިއްޒު ވިދާޅުވީ، ރައީސް އޮފީހުގެ ވެބްސައިޓުން އެ ފޮތް ފެންނަން ހުންނާނެ ކަމަށެވެ.

އެ ފޮތުގައި 156 ހަފުތާގެ މަސައްކަތް ފެންނަން ހުންނާނެ ކަމަށާއި، ފޮތުގެ ޑިޖިޓަލް ވާޝަން ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ފޮތުގެ ޕްރިންޓު ވެސް ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އެ ކަންކަމުގެ ލިސްޓު ވެސް ވަރަށް ދިގު ކަމަށެވެ. އަދި ފާއިތުވި ތިން އަހަރުގެ ތެރޭގައި ސަރުކާރުން ރައްޔިތުންނަށް ކާމިޔާބުކަމާ އެކު ޚިދުމަތްތަކެއް ކޮށްފައިވާ ކަމަށް ރައީސް މުޢިއްޒު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް