Article Top
ޚަބަރު •

ވެރިކަމާއި ހަވާލުވިއިރު 10.5 ޕަސެންޓުގައި ހުރި ޑެފިސިޓް އެތައް ގުނައެއް ކުޑަކުރެވިއްޖެ: ރައީސް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ވެރިކަމާއި ހަވާލުވިއިރު 10.5 ޕަސެންޓުގައި ހުރި ޑެފިސިޓް އެތައް ގުނައެއް ކުޑަކުރެވިއްޖެ: ރައީސް

ރައީސް ޑރ. މުއިއްޒު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ ---

މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ދައުލަތުގެ ބަޖެޓް ޑެފިސިޓް ހުރީ 10.5 އިންސައްތައިގައި ކަމަށާއި، ފާއިތުވި ތިން އަހަރުގެ ތެރޭގައި އެ އަދަދު އެތައް ގުނައަކަށް ކުޑަކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން އިސްކަންދީގެން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ވެރިކަމާ ހަވާލުވިއިރު ބޮޑުތަނުން މައްޗަށް ގޮސްފައި އޮތް ޑެފިސިޓް، ކާމިޔާބުކަމާއެކު ދަށްކުރެވެމުންދާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ސަރުކާރުގެ މެދުރާސްތާގެ މާލީ އަމާޒުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އެއް އަމާޒަކީ 2028 ވަނަ އަހަރުގެ ބަޖެޓް ތަންފީޒުކޮށް ނިމޭއިރު، ބަޖެޓް ޑެފިސިޓް 5 އިންސައްތައަށްވުރެ ކުޑަކުރުން ކަމަށެވެ.

ދައުލަތުގެ މާލީ އަދި އިގުތިސާދީ އިސްލާހީ ފިޔަވަޅުތަކާއެކު، ދަރަނި ކުޑަކޮށް މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރިއަށްއޮތް ތަނުގައިވެސް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ ދަރަނީގެ ހާލަތަށް ވެސް އަލި އަޅުވައިލައްވައިފައެވެ.

އެގޮތުން ރައީސް ވިދާޅުވީ އެގޮތުން މިއަހަރު އެކަނި ވެސް ދަރަނީގެ ގޮތުގައި، ކަރަންސީ ސްވޮޕް ހިމޭހެން 1.45 ބިލިއަން އެމެރިކާ ޑޮލަރު ދައްކާފައި ވާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި ދަރަނީގެ ގޮތުގައި މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ދެއްކި އަދަދަކީ، މީގެ ކުރީގެ 10 އަހަރުގެ ތެރޭގައި ދެއްކި އަދަދަށް ވުރެ އިތުރު އަދަދެއް ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.

އެގޮތުން އެ އަދަދަކީ މީގެ ކުރީގެ 10 އަހަރުގެ ތެރޭގައި ދެއްކި އަދަދަށް ވުރެ، 183 މިލިއަން ޑޮލަރު އިތުރު އަދަދެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. އެއާއެކު ރައީސް މުޢިއްޒު ވިދާޅުވީ، އެ ހުރިހާ ކަމެއް ކުރަމުން އަދި ރައްޔިތުންގެ ބޮލުގައި އެޅިފައި އޮތް ދަރަނީ ކުޑަ ކުރަމުން ރައްޔިތުންނަށް ޚިދުމަތް ދެމުން އަންނަ ކަމަށެވެ.

ހަމައެހެންމެ، އެކަމުގެ ނަތީޖާ ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑު ތަނުން ރަނގަޅު ވެގެން ދާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ. މި ސަރުކާރުން ދައުލަތުގެ ރިޒާވް ރެކޯޑު މިންވަރަކަށް މަތިކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް މެދު އިރުމަތީގެ ހަނގުރާމަ އާއި، ދަރަނި ދެއްކުމުގެ ކަންތައްތަކާ އެކު ރިޒާވް ކުޑަވި ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް، އަނެއްކާ ވެސް އަންނަ އަހަރު ރިޒާވް ރަނގަޅު ވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް