24 ރަށެއްގައި 50 މެގަވޮޓަށް ވުރެ ގިނަ އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫއެއް ފަށަނީ
ލިޔުންތެރިޔާ
ރާއްޖޭގެ ރަށެއްގައި ހަރުކޮށްފައިވާ އިއާދަކުރަނިވި ހަކަތައިގެ ނިޒާމު.
އެންވަޔަރަމަންޓް މިނިސްޓްރީ އިން ކުރިއަށް ގެންދާ އެސްޕަޔާ (ASPIRE) އަދި އެރައިޒް (ARISE) މަޝްރޫއުގެ ދަށުން، ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށް ވުރެ ގިނަ އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ނިޒާމުތައް ޤާއިމު ކުރުމަށް ނިންމައިފި އެވެ.
މި މަޝްރޫއުގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގައި ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުން ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުނެ އެވެ. އަދި މި ފިޔަވަޅުގެ ސަބަބުން ދައުލަތުން ތެލަށް ކުރާ ބޮޑު ހޭދަ ކުޑަ ކުރެވިގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން، މިއީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަނޑަ އަޅުއްވާފައިވާ މުހިންމު ލަނޑު ދަނޑިއެއް ކަމަށްވާ، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އަކީ އިޔާދަކުރަނިވި ހަކަތަ އިން އުފައްދާ ކަރަންޓަށް ހެދުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް އެޅިގެންދާ ވަރަށް މުހިންމު ބާރެކެވެ.
އެސްޕަޔާ އަދި އެރައިޒް މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ދާއިރާ އަށް ބޮޑެތި އިންގިލާބީ ބަދަލު ތަކެއް އަންނާނެ ކަމަށާއި، މި މަޝްރޫއުތައް ނިމުމުން ރާއްޖޭގެ ކާބަން ފުޓްޕްރިންޓް ވަރަށް ބޮޑަށް ދަށްވެގެން ދާނެ ކަމަށް ވެސް އެންވަޔަރަންމަންޓް މިނިސްޓްރީ އިން މައުލޫމާތު ދީފައިވެ އެވެ.
ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު ހިންގާ މި މަޝްރޫއުތަކުގެ ސަބަބުން، ރާއްޖޭގެ ރަށްތަކަށް އިތުބާރުހުރި، ދެމެހެއްޓެނިވި އަދި އަގުހެޔޮ ހަކަތައެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް