Article Top
ޚަބަރު •

"ކުދި ވިޔަފާރިތަކަށް ޑިއުޓީ ލުއިތައްދީ، އެހެނިހެން ލުއިތައް ކުރިއަށް އޮތް ދުވަސްތަކުގައި ފަހިކޮށްދޭނަން"

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

"ކުދި ވިޔަފާރިތަކަށް ޑިއުޓީ ލުއިތައްދީ، އެހެނިހެން ލުއިތައް ކުރިއަށް އޮތް ދުވަސްތަކުގައި ފަހިކޮށްދޭނަން"

ރައީސް ޑރ. މުއިއްޒު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ --

ރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އިމްޕޯޓް ޑިއުޓީ މައާފްކޮށްދިނުން ފަދަ މުހިންމު ލުއިތަކެއް ކުރިއަށް އޮތްތަނުގައި ހަމަޖައްސައިދެއްވާނެ ކަމަށާއި، ބައިނަލްއަޤުވާމީ ޕްލެޓްފޯމުތަކަށް ވަނުމުގެ ދޮރުތައް މިހާރު ހުޅުވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވިދާޅުވީ ކުދި ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. އެގޮތުން ކުދި ވިޔަފާރިތަކަށް ޑިއުޓީ ލުއިތައް ހިމެނޭހެން އެހެނިހެން ލުއިފަސޭހަ އިންތިޒާމުތައް ކުރިއަށް އޮތް ދުވަސްތަކުގައި ފަހިކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މީގެއިތުރުން، ދިވެހި ވިޔަފާރިތަކާއި އުފެއްދުންތެރިންނަށް ބައިނަލްއަޤުވާމީ ވިޔަފާރި ޕްލެޓްފޯމުތަކާއި ޑިޖިޓަލް މާކެޓްތަކަށް ވާސިލުވެވޭނެ މަގުތައް މިހާރު ހުޅުވާލެވިފައިވާ ކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. މި ބަދަލުތަކާއެކު ރާއްޖެއިން ބޭރުގެ ބާޒާރުތަކަށް ދިވެހި އުފެއްދުންތައް ނެރުމަށާއި، ބައިނަލްއަޤުވާމީ ފައިސާ ދެއްކުމުގެ ނިޒާމުތައް މެދުވެރިކޮށް މުއާމަލާތްތައް ކުރުމަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެއެވެ.

ސަރުކާރުގެ މި ސިޔާސަތުގެ ދަށުން، ކުދި ވިޔަފާރިތަކުން އުފެއްދުންތައް ތައްޔާރުކުރުމަށް ބޭނުންވާ ރޯ މެޓީރިއަލްސް އެތެރެކުރުމުގައި ޑިއުޓީ ލުއި ދިނުމާއި، ޑިޖިޓަލް އިޤްތިޞާދެއްގެ ތެރެއިން ވިޔަފާރިވެރިން ބާރުވެރިކުރުވުމުގެ މަސައްކަތްތައް އަންނަނީ ކުރެވެމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް