Article Top
ޚަބަރު •

ސްޓެލްކޯ އާއި ގޭސް ކުންފުނީގެ އިސްވެރިން ބައްދަލު ކުރައްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ސްޓެލްކޯ އާއި ގޭސް ކުންފުނީގެ އިސްވެރިން ބައްދަލު ކުރައްވައިފި

ސްޓެލްކޯ އާއި ގޭސް ކުންފުނީގެ އިސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.

ސްޓޭޓް އިލެކްޓަރިކް ކޮމްޕެނީ ލިމިޓެޑު (ސްޓެލްކޯ) އާއި، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ އިސްވެރިން ބައްދަލު ކުރައްވައިފި އެވެ.

ސްޓެލްކޯގައި ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑޮކްޓަރު އަލީ އަޒުވަރު އާއި އެ ކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައި އެވެ. މީގެ އިތުރުން ގޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ މުޙައްމަދު އާއި، އެ ކުންފުނީގެ އިސްވެރިން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައި އެވެ.

ސްޓެލްކޯ އިން މައުލޫމާތު ދީފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ވަނީ ދެ ކުންފުނި ގުޅިގެން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ކުރިމަގުގައި ދެފަރާތް ގުޅިގެން މަސައްކަތް ކުރެވިދާނެ މުހިންމު ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް