Article Top
ޚަބަރު •

ޤަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތް ކުރާ 3 ކުންފުންޏަކަށް ފިޔަވަޅު އަޅައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޤަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތް ކުރާ 3 ކުންފުންޏަކަށް ފިޔަވަޅު އަޅައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތް ކުރަމުން އަންނަ 3 ކުންފުންޏަކަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފިޔަވަޅު އަޅައިފި އެވެ.

އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، ޤަވާއިދާ ޚިލާފުވުމުގެ ސަބަބުން ފިޔަވަޅު އެޅި ތިން ކުންފުންޏަކީ މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑާއި، އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑު އަދި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑު އެވެ. އެމްއެމްއޭ އިން ވަނީ މި ތިން ކުންފުނި ޖޫރިމަނާ ކުރުމުގެ އިތުރުން، އެ ކުންފުނިތަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކޮށްފައި އެވެ.

މީގެ ތެރެއިން މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑު ޖޫރިމަނާ ކޮށްފައި ވަނީ، 500،000 (ފަސް ލައްކަ ރުފިޔާ) އިންނެވެ. އަދި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑު އާއި އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑު ޖޫރިމަނާ ކޮށްފައި ވަނީ 250،000 (ދެ ލައްކަ ފަންސާސް ހާސް ރުފިޔާ) އިންނެވެ.

މީގެ ކުރިން ވެސް އެމްއެމްއޭ އިން ވަނީ، ބޭރު ފައިސާ މާރުކުރުމުގެ ޤަވާއިދާ ޚިލާފުވުމުގެ ސަބަބުން ބައެއް ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފަ އެވެ. އަދި އެމްއެމްއޭ އިން ވަނީ، ބޭރު ފައިސާ މާރުކުރުމުގައި ހުރިހާ ފަރާތްތަކުން ވެސް، ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް