އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026: މެދުރާއްޖެތެރެއާއި ދެކުނުގެ ޒޯންތަކުގެ ވާދަ ކުރިއަށް
ލިޔުންތެރިޔާ
ސެންޓްރަލް ޒޯނުގައި ކ. ގާފަރު ކުޅުނު މެޗުގެތެރެއިން -- ފޮޓޯ/ ކްލަބް މޯލްޑިވްސް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ގައުމީ ފުޓްސަލް މުބާރާތުގެ، "އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026" ގެ މެދުރާއްޖެތެރެ (ސެންޓްރަލް) އާއި ދެކުނުގެ (ސައުތު) ޒޯންތަކުގެ ކުޅުން ފެށިއްޖެއެވެ.
މިހާރު ކުޅެވެމުންދާ ހަތަރު ޒޯނުގެ ތެރެއިން، ކ. ހިންމަފުށީގައި ކުރިއަށްދާ ސެންޓްރަލް ޒޯން 1 ގައި ކ. ގާފަރާއި، އއ. މަތިވެރި އަދި އއ. ބޮޑުފޮޅުދޫ ވަނީ ފުރަތަމަ މެޗުތަކުން މޮޅުވެ، ސެމީ ފައިނަލާ ގާތަށް ޖެހިލާފައެވެ. މި ޒޯނުގެ ސެމީ ފައިނަލް މެޗުތައް އަންނަ ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.
އަނެއްކޮޅުން، ސެންޓްރަލް ޒޯން 2 ގެ ގްރޫޕް ސްޓޭޖް މެޗުތަކުގައި ދ. ކުޑަހުވަދޫއާއި ފ. ދަރަނބޫދޫން ވަނީ ފެށުން ރަނގަޅުކޮށްފަ އެވެ. އަދި ތ. ތިމަރަފުށީގައި ކުރިއަށްދާ ސައުތު ޒޯން 1 ގައި ތިމަރަފުއްޓާއި ތ. ވޭމަންޑޫން ފުރަތަމަ މެޗުތައް ކާމިޔާބުކޮށްފައިވާއިރު، މި ދެ ޒޯނުގެ ފައިނަލް މެޗުތައް އޮންނާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.
ފުވައްމުލައް ސިޓީގައި ކުރިއަށްދާ ސައުތު ޒޯން 2 ގައި ގދ. ވާދޫ ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ގދ. ފަރެސްމާތޮޑާ ބަލިކޮށްފަ އެވެ. މި ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކުރެވިފައިވަނީ މި މަހުގެ 23 ވާ ހޯމަ ދުވަހުއެވެ.
އުތުރު (ނޯތު) ޒޯންތަކުގެ ކުޅުން މިދިޔަ މަހުގެ ކުރީކޮޅު ވަނީ ނިމިފަ އެވެ. މިއާ އެކު އުތުރު ދެ ޒޯންގެ ފައިނަލް ކުޅުނު ހަތަރު ޓީމު ވަނީ ރީޖަން ލީގަށް ހޮވިފަ އެވެ. މޯލްޑިވްސް ފުޓްސަލް ލީގަށް ކޮލިފައިވާނީ ރީޖަން ލީގުތަކުގެ ޗެމްޕިއަނުންނެވެ.
ނޯތު ރީޖަން ޒޯން 1 ގެ ފައިނަލްގައި 2-1 އިން ހއ. އިހަވަންދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދާފައި ވަނީޯ ހއ. ނައިވާދޫ އެވެ. ޒޯން 2 ގެ ފައިނަލްގައި 1-0 އިން ރ. އިނގުރައިދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ރ. ދުވާފަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް