Article Top
ޚަބަރު •

ތިން އަހަރުގެ ތެރޭގައި އެމްޓީސީސީ އިން 93 މަޝްރޫއު ނިންމައި، 356 މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ތިން އަހަރުގެ ތެރޭގައި އެމްޓީސީސީ އިން 93 މަޝްރޫއު ނިންމައި، 356 މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް

ރައީސް މުޢިއްޒު އާއި، އެމްޓީސީސީގެ ސީއީއޯ ސައުދީ.

ފާއިތުވި ތިން އަހަރުގެ ދުވަހުގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން 93 މަޝްރޫއެއްގެ އަމަލީ މަސައްކަތް ނިންމައި، 356 މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދަމުން އަންނަ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

އެމްޓީސީސީ އިން ހާމަކޮށްފައިވާ ގޮތުގައި، 2023 ނޮވެމްވަރު 17 ވަނަ ދުވަހުން ފެށިގެން، 2026 ނޮވެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނިން ވަނީ 93 މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމައިފަ އެވެ.

އޭގެ ތެރޭގައި އެއާޕޯޓް މަޝްރޫއު އާއި، އިމާރާތް ކުރުމުގެ މަޝްރޫއު އާއި، ކޮންސަލްޓެންސީ އާއި، ފުޓްސަލް ދަނޑު/ފުޓުބޯޅަ ދަނޑާއި، ބަނދަރާއި، ޖެޓީ އާއި، އައުޓްޑޯ ޖިމް އާއި، ޕާކާއި، ޕޮލިސް ޕޯސްޓާއި، ޕޯޓް އާއި، މަގާއި، ބިންހިއްކުން/ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ސްކޫލް/މަލްޓިޕާޕަސް ހޯލް އާއި، ވޮލީ ކޯޓާއި، ސާވޭ އަދި އެހެނިހެން މަޝްރޫއުތައް ވެސް ހިމެނެ އެވެ.

މީގެ އިތުރުން އެމްޓީސީސީ އިން ބުނެފައި ވަނީ، 2026 ނޮވެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށް، 356 މަޝްރޫއެއްގެ އަމަލީ މަސައްކަތް އެ ކުންފުނިން ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ. އަދި އެމްޓީސީސީ އިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަސައްކަތް ކުރަމުން އަންނައިރު، 149 ރަށެއްގައި މިވަގުތު ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ މާލެ އާއި، ރާއްޖޭގެ ތެރޭގެ އެކި ކަންކޮޅު ތަކުގައި ތަރައްޤީގެ ގިނަ މަޝްރޫއު ތަކެއް ކުރިއަށް ގެންދަމުންނެވެ. އެ މަޝްރޫއު ތަކުގެ ތެރެއިން، އެންމެ ގިނަ މަޝްރޫއު ކުރިއަށް ގެންދާ އެއް ކުންފުންޏަކީ އެމްޓީސީސީ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް