"ތަރައްޤީގެ ސިޔާސަތު އޮންނާނީ އިސްލާމްދީނުގެ މައްޗަށް ބިނާވެފައިވާ މާނަވީ އަދި މާއްދީ ބިނާކުރުމުގެ މައްޗަށް"
ލިޔުންތެރިޔާ
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.
ތަރައްޤީގެ ސިޔާސަތު އޮންނާނީ އިސްލާމްދީނުގެ މައްޗަށް ބިނާވެފައިވާ އިންސާނީ ބިނާކުރުމާއި، މާއްދީ އުމްރާނީ ބިނާކުރުމުގެ މައްޗަށް ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ތަރައްޤީގެ ސިޔާސަތު އެކަށައަޅާފައި އޮންނާނީ ދެ ނުކުތާއެއްގެ މައްޗަށް ކަަމަށެވެ. އެގޮތުން އެއީ، އިސްލާމްދީނުގެ މައްޗަށް ބިނާވެފައިވާ މާނަވީ އިންސާނީ ބިނާކުރުމާއި، މާއްދީ އުމްރާނީ ބިނާ ކުރުމުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ދިވެހި ޤައުމިއްޔަތުގެ ތަރަހައިގެ މަތީގައި، ދިވެހިރާއްޖެ އައު ޒަމާނަކަށް ހިނިތުންކުރުން ކަަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައި އެވެ.
އިސްލާމްދީނުގެ ވަރުގަދަ ބިންގަލުމުގެ މަތީގައި، މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤުލާލު ހިމާޔަތް ކުރެވިފައިވާ ފަރުދީ އަދި ޤައުމީ ފާގަތިކަން ކަށަވަރުވެފައިވާ މޫސުމީ އަދި ދުނިޔެވީ އެކި އަސަރުތަކުގެ ކުރިމަތީ ވިލުންތެރި، ހުރިހާ މާނައެއްގައި ޝާމިލު، ހުރިހާ ގޮތަކުން ގުޅުންތައް ޤާއިމުކުރެވިފައިވާ، އީޖާދީ އުފެއްދުންތެރި އިޤްތިޞާދެއްގެ ވެރި، ވަށާ ޖެހޭ ގޮތުން ދުޅަހެޔޮ އަދި ތައުލީމީ ހުނަރުވެރި ރައްޔިތެއް ދިރިއުޅޭ އަދި އޭގެ އެންމެ ފުޅާ މާނައިގައި އިތުބާރު ލިބިގެންވާ ތަހުޒީބު މުޖުތަމައަކަށް ފަޚުރުވެރި ދިވެހީންގެ ރާއްޖެ ހެދުމުގެ ތަސައްވަރު ހަގީގަތަކަށް ހެދުން ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.
ހަމައެހެންމެ ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، ޤައުމެއްގެ ކުރިއެރުމުގެ ފުރާނަ އަކީ އަބަދު ވެސް އެ ޤައުމެއްގައި އޮންނަ އެފަދަ އުންމީދީ ވިސްނުން ކަމަށެވެ. އެއީ ކަންކަމާ މެދު ހެޔޮކޮށް ވިސްނުން ކަމަށް ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، ކުށްހީ ތަކުގެ މައްޗަށް ބިރު ގަނެ، ކުށް ނައުމުގެ ސާބިތު ވިސްނުން އަދި އެ ޤައުމެއްގައި އޮންނަ ހަމަޖެހުން ކަމަށެވެ. އަދި އެ ޤައުމެއްގައި އޮންނަ އެއްބައިވަންތަކަމާއި، އެ ޤައުމެއްގެ ރައްޔިތުންގެ މެދުގައި އޮންނަ އެއްގޮތްވަންތަކަމާއި، އެއް އަމާޒެއްގެ ތޫނުކަން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް