އެންމެ އަގުބޮޑު ލަމްބޯގިނީ ސޯލާ ޕެނަލްތަކަށްއަރައި ފުނޑުފުނޑުވެއްޖެ
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ލަމްބޯގިނި ކާރު އެކްސިޑެންޓުވެފައި
ރާއްޖޭގައި ގެންގުޅޭ އެންމެ އަގުބޮޑު ލަމްބޯގިނީ ކާރު ކޮންޓްރޯލް ނުވެ ގޮސް، ބުރިޖު ހައިވޭއިން ހުޅުމާލެއަށް އަރާ ސަރަހައްދުގައި ހުރި ސޯލާ ޕެނަލްތަކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓުގައި ކާރު ކޮންޓްރޯލް ނުވެ ގޮސް ވަނީ އެކޮޅުކޮޅުން ޖެހި ކާރު މުޅިންހެން ހަލާކުވެފައެވެ.
ކާރު ގޮސް ޖެހުމުގެ ސަބަބުން، ހުޅުމާލެއަށް ހައިވޭއިން އަރާ ސަރަހައްދުގައި ސޯލާ ޕެނަލްތައް ހަރުކުރަން ޖަހާފައިވާ ދަގަނޑުތަކަށާއި ސޯލާ ޕެނަލްތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.
މި ނުރައްކާތެރި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަން ނުވަތަ ނޫންކަން އަދި ޔަގީނެއް ނުވެއެވެ. އަދި މި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބަހެއް ވެސް މިހާތަނަށް ލިބޭގޮތް ވަނީ ނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް