ޚަބަރު

އެންމެ ބޮޑު އިންވެސްޓްމެންޓުގެ ގޮތުގައި ރަސްމާލޭގައި މެރީނާއެއް ތަރައްގީ ކުރަން ދުބާއީ ކުންފުންޏަކަށް

އަލީ އީމާން

ލިޔުންތެރިޔާ

އެންމެ ބޮޑު އިންވެސްޓްމެންޓުގެ ގޮތުގައި ރަސްމާލޭގައި މެރީނާއެއް ތަރައްގީ ކުރަން ދުބާއީ ކުންފުންޏަކަށް

އީގަލް ހިލްސްގެ ޗެއާމަން އަދި ފައުންޑަރ މުހައްމަަދު އަލައްބާރު އަދި ދިވެހިރާއްޖޭގެ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު އެއްބަސްވުމުގައި ސޮއިކުރަނީ

ރާއްޖޭގަައި ހިންގޭ އެންމެ ބޮޑު އިންވެސްޓްމެންޓުގެ ގޮތުގައި ރަސްމާލޭގައި މެރީނާއެއް ތަރައްގީ ކުރަން ދުބާއީ ކުންފުންޏަކަށް ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ

ޔޫއޭއީގެ "ދަ ނެޝަނަލް ނިއުސް" ގައި ރިޕޯޓަުކޮށްފައިވާ ގޮތުގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުބާއީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަބޫދާބީގެ މަޝްހޫރު ޑިވޮލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ކަމަށެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އީގަލް ހިލްސްގެ ޗެއާމަން އަދި ފައުންޑަރ މުހައްމަަދު އަލައްބާރު އަދި ދިވެހިރާއްޖޭގެ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު އެވެ.

މި މަޝްރޫއަށް ޖުމްލަ 20 ބިލިއަން ޑޮލަރު ޚަރަދުވާ ކަމަށް ފާހަގަކޮށް އީގަލް ހިލްސްއިން ބުނެފައިވަނީ މި މަޝްރޫއުގެ ތެރެއިން ރަސްމާލޭގައި ރިސޯޓުތަކާއި، ދުނިޔޭގެ ނަން މަޝްހޫރު ހޮޓަލްތަކާއި، ރެސްޓޯރަންޓްތަކުގެ އިތުރަށް ދުނިޔޭގެ ފެންވަރުގެ މެރީނާ އަދި ވޯޓާފްރޮންޓުގެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށެވެ. އަދި ޖުމްލަ ޚަރަދުވެގެންދާ ފައިސާ އަކީ އެއްފަހަރާ ޚަރަދުވެގެންދާ އަދަދު ނޫން ކަމަށާއި 20 ބިލައަން ޑޮލަރަކީ މި މަޝްރޫއުގެ އެކި ފިޔަވަހިތަކަށް ބަހައިލެވިގެން ޚަރަދުކުރެވޭ އަދަދެއްކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މި ބިޔަ މަޝްރޫއުގެ ސަބަބުން ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމެންޓު ލިބޭނެ ކަަމަށާއި މީގެ ތެރެއިން 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމެންޓް ހިމެނިގެންދާނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. އަދި ސީދާ ގޮތުންނާއި ނުސީދާ ގޮތުން 54000 އަށްވުރެެ ގިނަ ވަޒީފާތައްް އުފެދިގެންދާނެ އެވެ.

ޔޫއޭއީގެ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި މަޝްރޫއު ފުރިހަމަވުމުން ރާއްޖެއަށް އަހަރަކު އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ދައުލަތަށް އަހަރަކު ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިގެންދާނެ އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ރަސްމާލޭގެ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 1100 އަށްވުރެ ގިނަ ހެކްޓަރުގެ ބިނަހިއްކުމަށް ވަނީ ނިންމާފަ އެވެ. އަދި ރަސްމާލޭގައި 65000 ހައުސިން ޔުނިޓު ގާއިމުކުރުމަށް ވަނީ ނިންމާފަ އެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މާލެ ސަރަހައްދުގެ ތޮށްޖެހުން މަދުކޮށް ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް ކުރެވޭ ބިޔަ މަސައްކަތެއް ކަމަށް ސަރުކާރުގެ އިސްވެރިން ވިދާޅުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް