އަމީނީ މަގުގެ ފުރަތަމަ ސެގްމެންޓުގައި ތާރު އަޅައި ނިންމާލައިފި
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
އަމީނީ މަގު ސެގްމެންޓު އެކެއްގައި ތާރުއަޅައި ނިންމައިލައިފައި -- ފޮޓޯ/ އެމްޓީސީސީ
އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގެ ސެގްމެންޓް 1 ގައި ތާރުއެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފި އެވެ.
އަމީނީ މަގުގެ މާފަންނާވީ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން ޣިޔާސުއްދީން ސްކޫލުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަހައްދު މަރާމާތު ކުރާނެއެވެ. އޭގެތެރެއިން ފުރަތަމަ ސެގްމަންޓްގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަތުމަވަންތަ ހޮސްޕިޓަލްގެ ޕާކާ ހަމައަށް އޮންނަ ގާތްގަނޑަކަށް 270 މީޓަރުގެ ސަރަހައްދުގައި މިއަދު ހެނދުނު ވަނީ ތާރު އަޅާ ނިންމާފައެވެ.
މަގު މަރާތުކުރުމުގައި މިހާރު މަގުގެ އަޑީގައި އަޅާފައިވާ ޔުޓިލިޓީ ވިއުގަތައް ތަރުތީބުކުރުމުގައި ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި ބަސް ހުއްޓާ ތަންތަނަށްވެސް ބައެއް ބަދަލު ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މިހާރު މަސައްކަތް ކުރިއަށްދާ ސަރަހައްދު އާންމުންނަށް ހުޅުވާލުމަށްފަހު ދެން ކުރިއަށް ދާނީ ސެގްމަންޓް 2 ގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަހައްދުގެ މަސައްކަތްތަކެވެ. މިމަސައްކަތްތައް އަންނަ ނޮވެންބަރު މަހުގެ ތެރޭގައި ނިންމާލުމަށް ވަނީ ކަނޑައަޅާފައެވެ.
އެމްޓީސީސީން ބުނީ ސެގްމެންޓް އެކެއްގައި މިހާރު ކުރިއަށްދާނީ މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް