ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ %51 އިތުރު ކޮށްފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
މޯލްޑިވްސް މަނިޓްރީ އޮތޯރިޓީ )އެމްއެމްއޭ( ގެ އިމާރާތް ފެންނަ ފޮޓޯއެއް
ބޭންކު ތަކަށް ދޫކުރަމުން އަންނަ އެމެރިކާ ޑޮލަރުގެ މިންވަރު %51 އިން އިތުރު ކުރުމަށް، މޯލްޑިވްސް މަނިޓްރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.
އެމްއެމްއޭ އިން ބުނެފައި ވަނީ، އެ އިދާރާ އިން ގެނެސްފައިވާ މި ބަދަލަކީ ބޭންކިންގެ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން ފަސޭހަ ކޮށްދިނުމަށް ގެނައި ބަދަލެއް ކަމަށެވެ. ހަމަ އެހެންމެ، ރާއްޖެ އަށް މުދާ އިމްޕޯޓު ކުރުމުގައި ބޭނުންވާ ފައިސާ ހޯދުމުގައި ވިފަރާރި ތަކަށް ކުރިމަތިވާ ދަތިތަކަށް ޙައްލެއް ހޯދައި ދިނުމަށް މި ބަދަލު ގެނެސްފައިވާ ކަމަށް ވެސް އެމްއެއެމްއޭ އިން ބުނެފައިވެ އެވެ.
އެމްއެމްއޭ އިން މި ބަދަލު ގެނެސްފައި ވަނީ މި ހަފުތާ އިން ފެށިގެން، ކުރިއަށް އޮތް ތިން ހަފުތާގެ މުއްދަތަކަށެވެ.
ރާއްޖެ އަށް ލިބޭ ބޭރު ފައިސާގެ މިންވަރު މަދުވުމާއި، ބޭރު ފައިސާ އަށް ދިމާވެފައިވާ ދަތިކަން ޙައްލު ކުރުމަށް އެމްއެމްއޭ އިން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. ޚާއްސަކޮށް މި ދުވަސްވަރަކީ އެމެރިކާ އާއި އީރާންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ދަތި ދުވަސް ވަރަކަށް ވަނީ ވެފައި އެވެ.
ބޭރު ފައިސާގެ މައްސަލަ ޙައްލު ކުރުމުގެ އިތުރުން، ވިޔަފާރި ތަަކަށް ބޭނުންވާ ފައިސާ ހޯދައި ދިނުމާއި، އާންމު ރައްޔިތުންނަށް ބޭނުންވާ ފައިސާ ފަސޭހަ އިން ހޯދުމަށް އެމްއެމްއޭ އިން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. ޚާއްސަކޮށް މިދިޔަ ރަމަޟާން މަހާ ދިމާކޮށް ވެސް އެމްއެއެމް އިން ވަނީ ޚާއްސަ ފިޔަވަޅު ތަކެއް އަޅައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް