ރާއްޖޭގެ 81 މެމްބަރުންގެ ކޮންޓިންޖެންޓް: އޭޝިއަން ގޭމްސް އަށް ތައްޔާރު!
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
މީގެ ކުރިން އޮގް ގޭމްސްއެއްގައި ރާއްޖޭގެ ކޮންޓިންޖެންޓުގައި ހިމެނުނު އެތުލީޓުން -- ފޮޓޯ/ އޮލިމްޕިކް ކޮމިޓީ
ޖަޕާނުގެ އައިޗީ-ނަގޯޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ އޭޝިއަން ގޭމްސް މާދަމާ ރަސްމީކޮށް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ މުޅި އޭޝިއާ ބައްރުގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރު ފެސްޓިވަލެވެ. މި އަހަރުގެ ގޭމްސްގައި ދިވެހިރާއްޖޭގެ ފަރާތުން 81 މެންބަރުންގެ ކޮންޓިންޖެންޓެއް ޖަޕާނަށް ގޮސްފައި ވާއިރު، މީގެ ތެރޭގައި ރާއްޖޭގެ 42 ޒުވާން ހުނަރުވެރި އެތުލީޓުން ހިމެނެ އެވެ.
މި އަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭން ޖުމްލަ ހަތް ކުޅިވަރަކުން ވާދަ ކުރާނެ އެވެ. އެއީ، އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ، ޓޭބަލް ޓެނިސް (ޓީޓީ)، ސްވިމިން (ފެތުން)، ޝޫޓިން އަދި ސާފިން (ރާޅާއެޅުން) އިނެނެވެ.
ބައެއް ކުޅިވަރުތަކުގައި ވާދަކުރާ އެތުލީޓުން ވަނީ ޖަޕާނަށް ގޮސް އިވެންޓް އޮންނަ ވެނިއުގައި ފަރިތަކުރުންތައް ވެސް ފަށައިފަ އެވެ.
މިއީ ރާއްޖޭގެ ސާފިންގް ޓީމު ކޮލިފައިވެގެން އޭޝިއަން ގޭމްސްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި މިއީ އޭޝިއަން ގޭމްސްގައި ސާފިން ހިމެނި ފުރަތަމަ ފަހަރު ވެސް މެއެވެ.
މާދަމާ ބާއްވާ ގޭމްސް ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ގައުމީ ދިދަ އުފުލުމުގެ ޝަރަފު ލިބިފައިވަނީ ރާއްޖޭގެ އެއްވަނަ ފިރިހެން ޓީޓީ ކުޅުންތެރިޔާ މޫސާ މުންސިފް އަހުމަދު އަދި ޝޫޓިން އިން ބައިނަލްއަގުވާމީ ކާމިޔާބީތަކެއް ހޯދާފައިވާ އައިޝަތު އީޝަލް އަލީ އަށެވެ. ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަނަކީ ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ޗެއާމަން އަހުމަދު ނާސިފް އެވެ.
އޭޝިއަން ގޭމްސް ކުރިއަށްދާނީ އަންނަ އޮކްޓޫބަރު މަހުގެ 4 ގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް