ޚަބަރު

ބާރަށާއި ތުރާކުނުގައި ފުޓުބޯޅަ ދަނޑު އަޅަން އެމްޓީސީސީއަށް

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ބާރަށާއި ތުރާކުނުގައި ފުޓުބޯޅަ ދަނޑު އަޅަން އެމްޓީސީސީއަށް

އެމްޓީސީއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން --- ފޮޓޯ/ ސްޕޯޓްސް މިނިސްޓްރީ

ހއ. ބާރަށު ފުޓްބޯޅަ ދަނޑު ތަރައްގީކުރުމާއި އެ އަތޮޅު ތުރާކުނު ފުޓުބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކޮށް ރޮސްޓްރަމް ހެދުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ސްޕޯޓްސް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއެވެ. އެމްޓީސީސީގެ ފަރާތުން ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.

ބާރަށު ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށު ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކޮށް ޕިޗު ހަދައި ބައުންޑަރީ ފާރު ރާނައި، ފެންސް ޖަހައި ލައިޓިން ސިސްޓަމް ހަރުކޮށް އަދި ޓާފު އެޅުމުގެ މަސައްކަތް ކުރާނެ އެވެ.

މިއީ 13.64 މިލިއަން ރުފިޔާ އަށް 200 ދުވަސް ތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުއެކެވެ.

ތުރާކުނު ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށު ފުޓުބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ހަރުކޮށް ރޮސްޓްރަމް ހެދުމުގެ މަސައްކަތް ކުރާނެއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 250 ދުވަސް ތެރޭ ނިންމުމަށް 7.82 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް