ރައީސް މުއިއްޒަށް ޓިކެޓު ދިނުމަށް ނައިބު ރައީސްގެ ފުރިހަމަ ތާއީދު
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މަތީ މަޖިލީހުގެ ބައްދަލުވުމުގައި ---
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ރިޔާސީ ޕްރައިމެރީއަކާ ނުލައި އަންނަ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ޓިކެޓު ދިނުމަށް ނައިބު ރައީސް އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފް ތާއިދުކުރައްވާކަމަށް ވިދާޅުވެއްްޖެއެވެ.
މިހާރު ކުރިއަށްދާ ޕީއެންސީގެ މަތީ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މަންދޫބު ޢަބްދުﷲ އިބްރާހީމް ރިޔާސީ ޕްރައިމަރީއަކާ ނުލައި ޕީއެންސީގެ ރިޔާސީ ޓިކެޓު ރައީސް މުޢިއްޒު އަށް ދިނުމަށް ހުށަހެޅުމުން އެ ހުށަހެޅުމަށް ތައީދުކޮށް ނައިބު ރައީސް ވާހަކަދައްކަވަމުން ވިދާޅުވީ މިގައުމުގެ ހަމަޖެހުމާ ތަރައްގީއާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް ރައީސް ޑރ. މުއިއްޒު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.
މީގެ އިތުރުން އެ ހަމަޖެހުމާ ތަރައްގީއާއި ރައްކާތެރިކަން ދެމި އޮންނާނީ އިސްލާމް ދީނުގެ ހިދާޔަތުގައި މި ގައުމު އޮވެގެންކަން ރައީސް ޑރ. މުއިއްޒުއަށް އެނގިވަޑައިގެން އެކަން އެގޮތަށް ބޭއްވުމަށް ޒުވާން ޖީލެއް ބިނާކޮށްދެއްވުމަށް މަސައްކަތްކުރައްވައި އެކަން ދެމި އޮންނާނޭ ގޮތަށް ކަންކަން ބައްޓަން ކުރައްވާކަމަށް ނައިބު ރައީސް ހުސައިން ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ހަމަޖެހުމާ ތަރައްގީއާއި ރައްކާތެރިކަން ކަށަވަރުކޮށްދެވޭނީ ރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި އެވެގެންކަމަށް ރައީސް ޑރ، މުއިއްޒުށް އެނގިވަޑައިގެން މިނިވަން ގައުމެއްގެ ގޮތުގައި މި ގައުމު ބޭއްވުމަށް މަސައްކަތް ކުރައްވާކަމަށެވެ.
ގައުމިއްޔަތު އާލާކޮށް ބިނާކުރުރަން ފަައްޓަވައިފިކަމަށާއި، އަޅުގަނޑުމުގެން ސަގާފަތެއް އޮތް ކަމަށާއި، އާދަކާދައެއް އޮތްކަން ގަބޫލުކުރައްވައި އެކަންކަން ދިރުވައި އާލާކުރުރުމަށް ބޮޑެތި މަސައްކަތްތަކެއް ރައީސް މުއިއްޒު ކުރައްވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ހުސައިން ވިދާޅުވީ އެކަންކަން ކުރައްވާތީ އެކަންކަންކަމަށް ފުރިހަމައަށް ތާއީދުކުރާތީ ރައީސް ޑރ. މުއިއްޒުއަށް ދެވަނަ ދައުރެއް ދިނުމަށް އެމަނިކުފާނު ފުރިހަމައަށް ތާއީދު ކުރާކަމަށެވެ.
ރައީސް މުޢިއްޒު އަށް ޕީއެންސީގެ ރިޔާސީ ޓިކެޓު ދިނުމަށް ފާސްކޮށްފައި ވަނީ ކޮންގްރެސްގައި ބައިވެރިވި 1119 މަންދޫބުންގެ އިއްތިފާޤުންނެވެ. ޕީއެންސީގެ އަސާސީ ޤަވާއިދުގައި ބުނެފައިވާ ގޮތުން، އެ ޕާޓީގެ މެމްބަރަކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވައި، ދެ ވަނަ ދައުރަކަށް ވާދަކުރެއްވުމަށް މެމްބަރުންގެ މަޖިލީހަށް ހުށަހަޅައިފި ނަމަ، ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓު ދެވިދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް