Article Top
ލައިފްސްޓައިލް •

"ދަރޭ ނީޖާތު" ގެ އާ އެޕިސޯޑާއެކު ޝޮކެއްގައި، އަބޫބަކުރާ މުޅިން ތަފާތު!

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

"ދަރޭ ނީޖާތު" ގެ އާ އެޕިސޯޑާއެކު ޝޮކެއްގައި، އަބޫބަކުރާ މުޅިން ތަފާތު!

ދިވެހިންގެ މެދުގައި ވެސް އެންމެ މަގުބޫލު ޕާކިސްތާނު ޑްރާމާ ސީރީޒް "ދަރޭ ނީޖާތު" ގެ 32 ވަނަ އެޕިސޯޑް ދެއްކުމާއެކު، ވާހަކައަށް އައި ބޮޑު ބަދަލާއެކު ބެލުންތެރިންނަށް ބޮޑު ހައިރާންކަމެއް ލިބިއްޖެ އެވެ.

މި އެޕިސޯޑުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ޑްރާމާގެ މައިގަނޑު ތަރި ޝެހެރިޔާރު މުނައްވަރު (އަބޫބަކުރު) ފެނިގެންދިޔަ ޑަބަލް ރޯލެވެ. ފްލޭޝްބެކްގެ ތެރެއިން އަބޫބަކުރުގެ އިތުރުން "އަމާން" ގެ ރޯލުން އޭނާ ފެނިގެން ދާއިރު، މަޑުމައިތިރި އަބޫބަކުރާ މުޅިން ތަފާތު މިޒާޖެއްގެ ކެރެކްޓަރެއް އޭނާ ދައްކުވައިދީފައިވާ ފުރިހަމަކަމަށް ސޯޝަލް މީޑިއާގައި ދަނީ ވަރަށް ބޮޑަށް ތައުރީފު އޮހެމުންނެވެ.

މީގެ އިތުރުން، ޚުޝްބަޚްތުގެ ޒުވާން ދުވަސްވަރުގެ ރޯލުން، މަޝްހޫރު ބަތަލާ ސަހަރު ހާޝިމީ މި އެޕިސޯޑުން ތައާރަފްވުމާއެކު، ވާހަކައިގެ ފޯރި ވަނީ އިތުރަށް ގަދަވެފަ އެވެ.

ޕާކިސްތާނުގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އުމޭރާ އަހުމަދުލިޔެފައިވާ މި އަސަރުގަދަ ޑްރާމާގެ ލީޑް ރޯލުން ދުރޭފިޝާން ސަލީމް ފެނިގެންދާއިރު، މި ސީރީޒަށް ލިބެމުންދާ ބޮޑު ތަރުހީބުގެ ސަބަބުން ކުރިން 35 އެޕިސޯޑަށް ނިންމަން އޮތް މި ޑްރާމާ މިހާރު 42 އެޕިސޯޑަށް ދިގުދަންމާލަން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭ އޭއާރުވައި ޑިޖިޓަލް އިން ދައްކާ މި ޑްރާމާގެ އެޕިސޯޑްތައް ޔޫޓިއުބުން ބަލާލެވޭނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް