Article Top
ޚަބަރު •

ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހއ.ބާރަށުގައި ހުޅުވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހއ.ބާރަށުގައި ހުޅުވައިފި

ހއ.ބާރަށުގައި ހުޅުވި ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒުގެ ތެރެއިން.

"ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު" ހއ.ބާރަށުގައި ހުކުރު ދުވަހު ހުޅުވައިފި އެވެ.

ތިނެއް ނޮވެންބަރުގެ އުދުވާނީ ހަމަލާގައި ޝަހީދުވި، ޝަހީދު އަލްމަރްޙޫމް އިބްރާހީމް ޙުސައިން ނިސްބަތްވާ ރަށް، ހއ.ބާރަށު ސްކޫލުގައި ބޭއްވި މި މައުރަޒު ހުޅުއްވައިދެއްވީ މާލެ އޭރިއާ ކޮމާންޑުގެ ކޮމާންޑަރު، އިސްމާޢީލް ނަޞީރު އެވެ.

އާންމުކޮށް ހުޅުވާލައިގެން ހއ.ބާރަށު ސްކޫލުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މައުރަޒު ޚާއްސަ ކޮށްފައި ވަނީ 1988 ނޮވެންބަރު 3 ވަނަ ދުވަހުގެ އުދުވާނީ ހަމަލާގައި ޝަހީދުވެ ދިޔަ، ޝަހީދުންގެ ޒިކުރާ އާއި ދިވެހިންނަށް ލިބުނު ނަޞްރާއި ކާމިޔާބީ އަށެވެ. މި މައުރަޒުން އެ ދުވަހުގެ އުދުވާނީ ހަމަލާތައް ފެށި ވަގުތުން ފެށިގެން ދިވެހިންނަށް ނަޞްރު ލިބުމާ ހަމައަށް ހިނގައި ދިޔަ ކަންތައްތައް ވަގުތު ފީތާއެއް ގޮތަށް ސިފަ ކޮށްލެވޭނެހެން އެ ދުވަހުގެ ފޮޓޯ ތަކާއި، ކުރެހުންތަކާއި، އަޑާއި މަންޒަރާއި، އަދި ލިޔުންތައް ވަނީ ހިމަނާފައި އެވެ. އަދި، ދިވެހި ސިފައިންނާއި ދިވެހިން ވީ ޤުރުބާނީ އާއި ދެއްކި ގަދަ ހިތްވަރު، މި މައުރަޒުން ތަޞައްވުރު ކޮށްލެވޭނެ އެވެ.

މައުރަޒު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ނޮވެންބަރު 20 އިން 21 ވަނަ ދުވަހުގެ ނިޔަލަށެވެ. މައުރަޒު ހުޅުވިފައި ހުންނާނީ ހަވީރު 16:00 އިން 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

މީގެ އިތުރުން ހއ.ބާރަށުގައި މި މައުރަޒު ބޭއްވުމަށްޓަކައި ބާރަށު ކައުންސިލުން ވެދެއްވާ އެހީތެރިކަމުގެ އަގުވަޒަންކޮށް އެމްއެންޑީއެފް އިން ވަނީ އެ ކައުންސިލަށް ހަނދާނީ ފިލައެއް އަރުވާފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް