Article Top
ޚަބަރު •

ވަށަފަރު އިންޖީނު ގޭގެ ޙާލަތު ސްޓެލްކޯގެ އެމްޑީ ބައްލަވާލައްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ވަށަފަރު އިންޖީނު ގޭގެ ޙާލަތު ސްޓެލްކޯގެ އެމްޑީ ބައްލަވާލައްވައިފި

ސްޓެލްކޯގެ އެމްޑީ އަޒުވަރު ވަށަފަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން.

ހއ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅެއްގައި އެ އަތޮޅު ވަށަފަރަށް ވަޑައިގެން، އެ ރަށު އިންޖީނު ގޭގެ ޙާލަތު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑޮކްޓަރު އަލީ އަޒުވަރު ބައްލަވާލައްވައިފި އެވެ.

ހއ.އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އަޒުވަރު ވަށަފަރަށް ވަޑައިގެންފައި ވަނީ ހޮނިހިރު ދުވަހު އެވެ. އެ ދަތުރުފުޅުގައި އަޒުވަރު ވަނީ އެ ރަށުގައި ހުރި ސްޓެލްކޯގެ އޮފީސް އިމާރާތާއި، އިންޖީނު ގޭގެ އިތުރުން ފެން ޕްލާންޓަށް ޒިޔާރަތް ކުރައްވައި އެ ތަންތަނުގެ ޙާލަތު ބައްލަވާލައްވައިފަ އެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ދިޔަ މި ދަތުރުފުޅުގައި ސްޓެލްކޯގެ އެމްޑީ ވަނީ އެ އަތޮޅުގެ ހޯރަފުއްޓަށް ވެސް ވަޑައިގެންފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް