ދަ ގްރާންޑޭ ބަލިކޮށް އެމްއެސް މޭޓްސްއަށް ފުރަތަމަ މޮޅު
ލިޔުންތެރިޔާ
އެމްއެސް މޭޓްސް ގޯލެއް ޖެހުމަށް ފަހު -- ފޮޓޯ/ އެފްއޭއެމް
އެފްއޭއެމް ވިމަންސް ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބް 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސް މޭޓްސް) އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.
ހެންވޭރު ދަނޑުގައި ކުޅުނު މި މެޗުގެ 10 ވަނަ މިނެޓުގައި އައިޝަތު ޝަހާ ޝަރީފް ޖެހި ގޯލުން އެމްއެސް މޭޓްސްއިން ލީޑު ނެގިއިރު، އޭގެ ދެ މިނެޓު ފަހުން ރާނިޔާ އިބްރާހީމް ވަނީ ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 18 ވަނަ މިނެޓުގައި ބިދޭސީ ކުޅުންތެރިޔާ އެކޮން އެރިކާ ތިންވަނަ ލަނޑު ޖެހިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބިދޭސީ ކުޅުންތެރިޔާ ނައިމާ ސިސީލިއާ ވަނީ އިތުރު ދެ ގޯލު ޖަހައި، ފުރަތަމަ ހާފު 5-0 ގެ ލީޑަކާއެކު ނިންމާލާފައެވެ.
ދެވަނަ ހާފުގައިވެސް އެމްއެސް މޭޓްސްއިން ހަމަލާތައް އުފައްދަމުން ދިޔައިރު، ރާނިޔާ އިތުރު ދެ ގޯލު ޖަހައި ހެޓްރިކް ފުރިހަމަކުރިއެވެ. އަދި 66 ވަނަ މިނެޓުގައި ނައިމާ ވަނީ ޓީމުގެ ނުވަވަނަ ގޯލު ޖަހައި، އޭނާގެ ހެޓްރިކްވެސް ފުރިހަމަކޮށްފަ އެވެ. އެ ޓީމުގެ އަނެއް ލަނޑަކީ ދަ ގްރާންޑޭގެ ފާތިމަތު ނަހްމާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ނައިމާ ސިސީލިއާ އެވެ.
މި މޮޅާއެކު، އެމްއެސް މޭޓްސް އޮތީ ތިން މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ލީގު ތާވަލުގެ ތިންވަނައިގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް