ޚަބަރު

މުހިންމީ ކޮންމެވެސް ހަރު މުދަލެއް ވިއްކައިގެން ފައިސާ ހޯދުން، ރަސްމާލެ ތަރައްގީކުރަންވީ ފަހުން: ރައީސް ނަޝީދު

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

މުހިންމީ ކޮންމެވެސް ހަރު މުދަލެއް ވިއްކައިގެން ފައިސާ ހޯދުން، ރަސްމާލެ ތަރައްގީކުރަންވީ ފަހުން: ރައީސް ނަޝީދު

ރައީސް ނަޝީދު

މުހިންމީ ކޮންމެވެސް ހަރު މުދަލެއް ވިއްކައިގެން ފައިސާ ހޯދުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރަސްމާލޭގައި 30 ބިލިއަން ޑޮލަރުގެ ބިޔަ އިންވެސްޓުމެންޓެއް ކުރުމަށް މިއަދުުުުު އެއްބަސްވުމުގައި ސޮއިކުރުމާ ގުޅިގެން އެކްސްގައި ކުރެއްވު ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ރަސްމާލޭގައި ވޯޓާފްރޮންޓެއް ތަރައްގީކުރުމަކީ ރަނގަޅު ޚިޔާލެއް ކަމަށެވެ.

އެހެންނަމަވެސް އެއީ މިވަގުތު ރާއްޖެ މާލީ ދަތިކަމުން އަރައިގަތުމާ ކުޑަކޮށް ވެސް ގުޅުން ހުރި ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މަޝްރޫއުގެ ހުރިހާ ކަމެއް އެންމެ ރަނގަޅަށް ދިޔަ ނަމަވެސް އެ ތަނުން ދައުލަތަށް އެއްޗެއް ލިބޭން އަދި މަދުވެގެން ދެ އަހަރު ނަގާނެ ކަމަށެވެ. އެހެންކަމުން މިވަގުތު މުހިންމީ ވަގުތުން ފައިސާ ލިބޭ ގޮތަށް ދައުލަތުގެ ހަރުމުދަލެއް ވިއްކުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް