ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް ފަށައިފި
ލިޔުންތެރިޔާ
ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސްގައި ބައިވެރިވި ބައިވެރިން.
ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026 ފަށައިފި އެވެ.
އާދީއްތަ ދުވަހު ޔޫތު ހަބްގައި މި ކޮންފަރެންސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ހެލްތު މިނިސްޓަރު ޤީލާ އަލީ އެވެ.
"ލިވްޑް އެކްސްޕީރިއަންސަސް ހާޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދާ ތިން ދުވަހުގެ މި ކޮންފަރެންސްގެ މަގުސަދަކީ، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ޤައުމީ ސިޔާސަތުތައް އެކުލަވައިލުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމެވެ.
މީގެ އިތުރުން، ޒުވާނުންގެ ތަޖުރިބާތަކާއި ޚިޔާލުތައް ބަދަލުކޮށް، ގުޅިގެން މަސައްކަތް ކުރުމުގެ ތެރެއިން މުޖުތަމައު އަށް ބިނާވެފައިވާ ހައްލު ތަކެއް ހޯދުމަށް މި ކޮންފަރެންސްގައި ބާރު އަޅާނެ އެވެ.
މި ކޮންފަރެންސްގެ އޮފިޝަލް ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ ކަމަށް ޔޫތު މިނިސްޓްރީ އިން ވަނީ ބުނެފައި އެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދިޔުމުގައި އިސްލާމިކް މިނިސްޓްރީ އާއި، މޯލްޑިވްސް ޕޮލިސް ސާވިސް އާއި، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް އާއި، އައިޖީއެމްއެޗްގެ ސެންޓަ ފޯ މެންޓަލް ހެލްތު އާއި، ހުޅުމާލެ ހޮސްޕިޓަލް އާއި، މައިންޑްކޯ އަދި ޔުނިސެފްގެ އެހީތެރިކަން ލިބިފައިވާ ކަމަށް އެ މިނިސްޓްރީ އިން ވަނީ ބުނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް