ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ޚިޔާލު ހޯދަނީ
ލިޔުންތެރިޔާ
ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" އަށް ސިޔާސީ ޕާޓީ ތަކާއި، މަދަނީ ޖަމިއްޔާތުގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީ އިން ދިރާސާ ކުރަމުން ގެންދާ، "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" އަށް ސިޔާސީ ޕާޓީ ތަކާއި މަދަނީ ޖަމިއްޔާތަކުގެ ޚިޔާލު ހޯދުމަށް އާދީއްތަ ދުވަހުން ފެށިގެން ހުޅުވާލާ ކަމަށެވެ.
އެހެންކަމުން އެއްވެސް ސިޔާސީ ޕާޓީއަކުން ނުވަތަ މަދަނީ ޖަޖަމިއްޔާއަކުން އެ ބިލާ ގުޅޭ ގޮތުން ޚިޔާލު ހުށަހަޅަން ބޭނުންވާ ނަމަ، 2026 ޑިސެމްބަރު 2 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ޚިޔާލު ހުށަހެޅުމަށް ވަނީ އެދިފައި އެވެ. އަދި ޚިޔާލު ހުށަހަޅާ ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގެ އީމެއިލް އެޑްރެސް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ލިޔުމުން އެކަން ހުށަހެޅުމަށް ވެސް ވަނީ އެދިފައި އެވެ.
ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހަޅުއްވާފައި ވަނީ، ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަޙުމަދު އައިފާން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް