ކޫލް ސްކޫލް ޕްރޮޖެކްޓުގެ ދަށުން މިހާތަނަށް 113 ސްކޫލެއް އޭސީ ކޮށްފި
ލިޔުންތެރިޔާ
ޝަހީދު އަލީ ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ބައިވެރިވެ ވަޑައިގަންނަވަނީ.
ސަރުކާރުން ކުރިއަށް ގެންދަމުން އަންނަ "ކޫލް ސްކޫލް" ޕްރޮޖެކްޓުގެ ދަށުން މިހާތަނަށް 113 ސްކޫލެއް އޭސީ ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.
ސަރުކާރުން ކޫލް ސްކޫލް ޕްރޮޖެކްޓު ފަށާފައި ވަނީ 2024 ވަަނަ އަހަރު އެވެ. އެއީ ރާއްޖޭގައި ތައުލީމު ދެމުން އަންނަ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ މަޤުސަދުގައި ސަރުކާރުން ފެށި ޕްރޮޖެކްޓެކެވެ.
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން، އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައި ވަނީ ކޫލް ސްކޫލް ޕްރޮޖެކްޓުގެ ދަށުން މިހާތަނަށް 113 ސްކޫލެއް އޭސީ ކޮށްފައިވާ ކަމަށެވެ. އެއީ 192 ކުލާސް ރޫމް އާއި، 80 ހޯލު ކަމަށް ވެސް އެ މިނިސްޓްރީ އިން ވަނީ ފާހަގަކޮށްފައި އެވެ.
ރާއްޖޭގައި ތައުލީމު ދެމުން އަންނަ 127 ސްކޫލެއް ހުންނައިރު، ކޫލް ސްކޫލް ޕްރޮޖެކްޓުގެ ދަށުން އޭސީ ހަރުކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ފެނަކައާ އެވެ. އެކަމުގެ ތެރެއިން ގިނަ ރަށްތަކުގެ ސްކޫލް ތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް އަންނަނީ ކުރިއަށް ގެންދަމުންނެވެ. މިކަމުގެ ސަބަބުން ސްކޫލު ތަކުގެ ދަރިވަރުންނަށް ފަސޭހަ އިން، ހިތް ފަސޭހަ މާހައުލެއްގައި ތައުލީމު އުނގެނުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް