Article Top
ޚަބަރު •

ޓެރަރިޒަމްއާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއްގައި ފުލުހުންގެ އޮފިސަރަކު ބައިވެރި ވެއްޖެ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޓެރަރިޒަމްއާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއްގައި ފުލުހުންގެ އޮފިސަރަކު ބައިވެރި ވެއްޖެ

ޖަޕާންގައި ކުރިއަށް ދިޔަ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު.

ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ އިން އިންތިޒާމު ކޮށްގެން ޖަޕާނުގައި ކުރިއަށް ގެންދިޔަ "ކައުންޓާ އިންޓަނޭޝަނަލް ޓެރަރިޒަމް" ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެއްޖެ އެވެ.

މި ހިނގާ ނޮވެމްބަރު މަހުގެ 4 އިން 20 އަށް ޖަޕާނުގައި ކުރިއަށް ދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެފައި ވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު އެވެ. 

ޖައިކާގެ 2026 ވަނަ އަހަރުގެ ނޮލެޖް ކޯ-ކްރިއޭޝަން ޕްރޮގްރާމްގެ ދަށުން ހިންގި މި ތަމްރީން ޕްރޮގްރާމް އަކީ ޓެރަރިޒަމްއާ ދެކޮޅަށް ޖަޕާނު ފުލުހުން އަޅަމުންދާ ފިޔަވަޅުތަކާއި، އަމަލުކުރާ އުސޫލުތައް ބައިވެރިންނާ ހިއްސާކޮށް މައުލޫމާތު ބަދަލު ކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް އެކެވެ.

މީގެ އިތުރުން، ޓެރަރިޒަމްއާ ދެކޮޅަށް މަސައްކަތް ކުރުމުގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި އިލްމާއި ތަޖުރިބާ ހިއްސާކުރުމާއި، ގުޅުން ބަދަހި ކުރުމަށް ވެސް އެ ޕްރޮގްރާމުގައި ޚާއްސަ އިސްކަމެއް ދީފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް