Article Top
ޚަބަރު •

ހެންވޭރުގައި ހުރި ގެޔެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ހެންވޭރުގައި ހުރި ގެޔެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ހ.އުނިހިޔާ ގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން.

ހ.އުނިހިޔާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައި ވަނީ އުނިހިޔާ ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އޮތޯރިޓީ އިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފައި އެވެ.

މީގެ އިތުރުން އެންޑީއެމްއޭ އިން ބުނީ އެ ގޭގައި ހިނގި އަލިފާނުގެ ހާދިސާ މިހާރު ވަނީ ކޮންޓްރޯލްކޮށް، އަލިފާން ނިއްވާލާފައި ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ބުނެފައިވެ އެވެ. އެ ހާދިސާގައި އެ އިމާރާތުގެ 3،4،5 އަދި 6 ވަނަ ފަންގިފިލާ އަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައި އެވެ.

މީގެ އިތުރުން އެތަނުގައި ދިރިއުޅޭ 23 ފަރާތަކަށް، އޭގެ ތެރޭގައި 20 ބޮޑެތި މީހުންނާއި 3 ކުޑަކުދިންނަށް 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ އިންތިޒާމު އެ އޮތޯރިޓީ އިން ވަނީ ހަމަޖައްސައި ދީފައި އެވެ. އަދި އެންމެ ބޮޑަށް ގެއްލުންވި 4 ވަނަ ފަންގިފިލާގައި ދިރިއުޅޭ 7 ފަރާތަކަށް އަންނައުނުގެ އެހީތެރިކަން ވެސް ފޯރުކޮށްދީފައިވާ ކަމަށް ވަނީ ބުނެފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް