އދ ގެ ސެކެޓްރީ ޖެނެރަލަކަށް އަންހެން ބޭފުޅަކު އައްޔަނުކުރުމަށް ނައިބު ރައީސް ގޮވައިލައްވައިފި
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އދ. ގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަނީ---
އދ ގެ ސެކެޓްރީ ޖެނެރަލަކަށް އަންހެން ބޭފުޅަކު އައްޔަނުކުރުމަށް ނައިބު ރައީސް ގޮވައިލައްވައިފިއެވެ.
މިރޭ އދ. އާންމު މަޖިލީހުގައި ތަގުރީރުކުރައްވަމުން ނައިބު ރައީސް ހުސައިން މުހައްމަދު ލިތީފު ވިދާލުވީ ވޭތުވެދިޔަ ވިހި އަހަރަށްވުރެ ގިނަ ދުވަހު، ކޮންމެ ސެކްރެޓަރީ ޖެނެރަލަކީވެސް ފިރިހެން ބޭފުޅެއްކަމަށެވެ.
އެހެންކަމުން މިހާރު މިއީ އަންހެން ބޭފުޅަކު އެ މަގާމު އައްޔަނުކުރަންޖެހޭ ވަގުތުކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ އެ ޖަމުއްޔާގެ ސެކެޓްރީ ޖެނެރަލް އަކަށް ބޭނުންވަނީ އެއްވެސް އިސްތިސްނާއެއް ނެތި އދ. ގެ ޗާޓަރު ދިފާއުކުރާނެ، އެންމެ ބޭނުންވާނެ އިސްލާހުތަކުން ހަގީގީ ނަތީޖާތައް ނެރެދޭނެ ލީޑަރެއްކަމަށެވެ.
ބާކީވެފައިވާ ކުދި ގައުތައް ޝާމިލުކޮށްގެން ހުރިހާ ގައުމުތަކަކާއެކު މަސައްކަތްކޮށް ހުރިހާ ގައުމެއްގެ އަޑު އަހާނެ ސެކެޓްރީ ޖެނެރަލްއެއް ބޭނުންވާކަމަށް ވެސް ނައިބުރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އދ. ގެ އެންމެ އިސް ލީޑަޝިޕްގައި އަންހެނުންގެ ދައުރު އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިހާރުގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސްގެ ޚިދުމަތަށް ޝުކުރު އަދާކުރެއްވުމަށްފަހު، ދެން އަންނަ ދައުރަކަށް އަންހެން ބޭފުޅަކު އައްޔަންކުރުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް