Article Top
ޚަބަރު •

އެމްއެންޑީއެފް އާއި އިންޑިއާގެ ނޭވީ ގުޅިގެން އެކްސަސައިޒެއް ކުރިއަށް ގެންގޮސްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އެމްއެންޑީއެފް އާއި އިންޑިއާގެ ނޭވީ ގުޅިގެން އެކްސަސައިޒެއް ކުރިއަށް ގެންގޮސްފި

އެމްއެންޑީއެފް އާއި އިންޑިއާގެ ނޭވީ ގުޅިގެން ކުރިއަށް ގެންދިޔަ އެކްސަސައިޒުގެ ތެރެއިން.

އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް "ޢިމާދުއްދީން" އާއި އިންޑިއާ ނޭވީގެ ފަސްޓް ޓްރެއިނިން ސްކޮޑްރަން ގުޅިގެން ކަނޑުމަތީގެ ޚާއްސަ ތަމުރީނު ހަރަކާތެއް ކަމަށްވާ "ޕެސެޖް އެކްސަސައިޒް" ކުރިއަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި މިއަދު ކުރިއަށް ގެންދިޔަ މި ތަމުރީނުގެ ޒަރިއްޔާ އިން، ދެ ޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި، މެރިޓައިމް ކޯޕަރޭޝަން އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހިވެގެން ގޮސްފައިވެ އެވެ.

Advertisement
Article Inside

މި ތަމުރީނު ހަރަކާތަކީ ދެ ޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައި އޮންނަ ޒަމާންވީ އެކުވެރިކަމާއި، ގާތް މެރިޓައިމް ގުޅުމުގެ ރަމްޒެއް ކަމަށް ވެސް، އެމްއެންޑީއެފް އިން ވަނީ ބުނެފައި އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑަކީ، ސަރަހައްދީ ކަނޑުގެ އަމާންކަމާއި ހަމަޖެހުން ކަށަވަރު ކުރުމަށްޓަކައި، މި ސަރަހައްދުގެ މެރިޓައިމް ޕާޓްނަރުންނާ އެކު ގުޅުން ބަދަހިކުރުމުގައި އަބަދުވެސް ދެމި ތިބި ބައެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް