Article Top
ޚަބަރު •

އދ.ގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ރާއްޖޭގެ ތާއީދު ޔޫއޭއީގެ ލާނާ ނުސައިބާ އަށް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އދ.ގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ރާއްޖޭގެ ތާއީދު ޔޫއޭއީގެ ލާނާ ނުސައިބާ އަށް

އދ.ގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ޔޫއޭއީ އިން ނޮމިނޭޓު ކޮށްފައިވާ ލާނާ ނުސައިބާ.

އެކުވެރި ދައުލަތް (އދ)ގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ލާނާ ޒަކީ ނުސައިބާގެ ކެންޑިޑެންސީ އަށް ދިވެހިރާއްޖެ އިން ތާއީދު ކޮށްފި އެވެ.

އެކަން ހާމަކޮށްފައި ވަނީ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ނެރެފައިވާ ބަޔާނެއްގައި އެވެ. އދ.ގެ ސެކްރެޓަރީގެ ޖެނަރަލްގެ މަޤާމަށް ލާނާ ނުސައިބާގެ ނަން ހުށަހަޅާފައި ވަނީ، ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ.

Advertisement
Article Inside

ފޮރިން މިނިސްޓްރީ އިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އދ.ގެ އެންމެ އިސް މަޤާމަށް އަންހެން ބޭފުޅަކު ގެންނަން ޖެހޭ ކަމަށް ރާއްޖެ އިން އަބަދު ވެސް ވަކާލާތު ކުރަމުން އަންނަ ކަމަށާއި، މިހާރު އެކަމުގެ ވަގުތު ޖެހިފައިވާ ކަމަށެވެ. އދ،ގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ލާނާ ނުސައިބާ ކުރިމަތިލައްވާފައި ވަނީ ވަރަށް މުހިންމު ވަގުތެއްގައި ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައި އެވެ.

މީފެ އިތުރުން ފޮރިން މިނިސްޓްރީ އިން ބުނެފައި ވަނީ، އދ.ގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ދެން ވަޑައިގަންނަވާ ބޭފުޅަކީ ބައިނަލްއަޤުވާމީ ޤާނޫނުތައް ނަހަގައްޓައި، އދ.ގެ އެންމެހާ އުސޫލުތައް ހިފަހައްޓަން ޖެހޭ ބޭފުޅަކަށް ވާން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން އިންސާފު ޤާއިމު ކުރުމާއި، އިންސާނިއްޔަތާއި، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޤަވާއިދުތައް އެންމެ ފުރިހަމަ އަށް ތަންފީޒު ކުރަން އިސްކަންދޭ ފަރާތަކަށް ވާން ޖެހޭ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

ހަމައެހެންމެ، ދިވެހިރާއްޖެ އަކީ ތަރައްޤީ ވަމުން އަންނަ ކުޑަ ޤައުމަކަަށްވާއިރު، ރާއްޖެ އިން އަބަދުމެ ވަކާލާތު ކުރަނީ އިތުބާރު ހިފޭ، އަދި އެންމެންގެ ބައިވެރިވުން އޮންނަ އދ.އެއް ޤާއިމު ކުރުމަށް ވެސް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފައި އެވެ. އަދި އެކަމަކީ މިހާރު ދުނިޔެ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމާއި، މުސްތަޤުބަލެއް ބިނާ ކުރުމަށް ހުރިހާ ޤައުމަކަށް ވެސް ބައިވެރިވެވޭނެ ގޮތެއް ކަަމަށް ފޮރިން މިނިސްޓްރީ އިން ވަނީ ފާހަގަކޮށްފައި އެވެ.

ލާނާ ނުސައިބާ އަކީ ޔޫއޭއީގެ އެސިސްޓެންޓް މިނިސްޓަރ ފޮލިޓިކަލް އެފެއާޒް އެންޑް، އެންވޯއީ އޮފް ދަ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމުގައި ހުންނެވު ބޭފުޅާ އެވެ. އެ މަޤާމަށް އެކަމާ އައްޔަން ކުރެއްވީ 2024 ވަނަ އަހަރު އެވެ. އޭގެ ކުރިން ލާނާ ނުސައިބާ ހުންނެވީ ޔޫއޭއީ އިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމުގައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް