Article Top
ކުޅިވަރު •

ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަންގައި ބޭރުގެ 50 އަށްވުރެ ގިނަ ކުޅުންތެރިން

މުހައްމަދު ރައިހާން ނިޔާޒް ޖަލީލް

ލިޔުންތެރިޔާ

ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަންގައި ބޭރުގެ 50 އަށްވުރެ ގިނަ ކުޅުންތެރިން

މިދިޔަ އަހަރުގެ މުބާރާތުގެތެރެއިން -- ފޮޓޯ/ ސިޑިބަރި:އިޔާން

އަންނަ މަހު މާލޭގައި ބާއްވާ "ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2026" ބެޑްމިންޓަން މުބާރާތުގައި ބޭރުގެ އަށް ގައުމަކުން 55 ކުޅުންތެރިން ވާދަކުރާނެ ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެފި އެވެ.

ދަ ބެޑްމިންޓަން ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ މި ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ކުޅުންތެރިން ބައިވެރިވަނީ ގަތަރާއި ސްރީލަންކާއިންނެވެ. ގަތަރުން 19 ކުޅުންތެރިން ވާދަކުރާއިރު، ސްރީލަންކާއިން 18 ކުޅުންތެރިން ބައިވެރިވެއެވެ.

  • ގަތަރު: 19 ކުޅުންތެރިން

  • ސްރީލަންކާ: 18 ކުޅުންތެރިން

  • އިންޑިއާ: 7 ކުޅުންތެރިން

  • ބަންގްލަދޭޝް: 4 ކުޅުންތެރިން

  • ބަހްރޭން: 3 ކުޅުންތެރިން

  • ޕޮލެންޑް: 2 ކުޅުންތެރިން

  • އަރްމީނިއާ: 1 ކުޅުންތެރިއެއް

  • ނޭޕާލް: 1 ކުޅުންތެރިއެއް

ޑިސެމްބަރު 13 އިން 19 އަށް މާލޭގައި ކުރިއަށްދާ މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވާނީ އަންނަ ބުދަ ދުވަހު އެވެ. މުބާރާތުގައި ނަން ނޯޓުކުރަން ބާކީ އޮތީ އެންމެ ފަސް ދުވަހެވެ.

ކުޅިވަރާ ބެހޭ ވުޒާރާ އާއި ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) ގެ އެއްބާރުލުމާއެކު ދިރާގުން ޓައިޓަލް ސްޕޮންސާ ކުރާ މި މުބާރާތަކީ، ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް އަމިއްލަ ފަސްގަނޑުގައި ބައިނަލްއަގުވާމީ ތަޖުރިބާ ހޯދަން ލިބޭ ރަނުގެ ފުރުސަތެކެވެ. މުބާރާތް އިންތިޒާމުކުރާ ފަރާތުގެ އަމާޒަކީ މިއީ ދުނިޔޭގެ ޖޫނިއާ ބެޑްމިންޓަން ކަލަންޑަރުގައި ފާހަގަކޮށްލެވޭ، ކޮންމެ އަހަރަކުވެސް ބާއްވާ ދާއިމީ މުބާރާތަކަށް ހެދުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް