ޒުވާނުންގެ އެވޯޑަށް ނަން ހުށަހަޅަން ހުޅުވާލައިފި
ލިޔުންތެރިޔާ
2022 ވަނަ އަހަރު އޮތް ޒުވާނުންގެ އެވޯޑު ދިނުމުގެ ޖަލްސާގެ ތެރެއިން.
ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.
22 އޮކްޓޯބަރަކީ ޤައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ދުވަހެވެ. އެގޮތުން 2025 އިން 2026 އަށް ޒުވާނުންގެ އިނާމުގެ ގޮތުގައި ތަފާތު 22 ދާއިރާ އަކުން އިނާމު ދިނުމަށް ވަނީ ކަނޑައެޅިފައި އެވެ.
ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާ ތަކުން ޤައުމުގެ ތަރައްޤީ އަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް، ހިތްވަރު ދިނުމުގެ ގޮތުން ދޭ އިނާމެކެވެ. އަދި މި އިނާމަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައު އަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.
ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް ޚާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ދޭނެ އެވެ.
އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް:
1. ވިޔަފާރި އާއި އިޤްތިޞާދީ ދާއިރާ
2. ކްރިއޭޓިވް އިކޮނޮމީގެ ދާއިރާ
3. އާޓްސް އެންޑް ކަލްޗާ - ފަންނުވެރިކަމާއި ޘަޤާފަތް ދިރުވުމުގެ ދާއިރާ
4. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދާއިރާ
5. ހުނަރުވެރި މަސައްކަތް ދަސްކޮށްދިނުމުގެ ދާއިރާ (ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާ)
6. ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްޙަތެއް ބިނާ ކުރުމަށް މަސައްކަތް ކުރުމުގެ ދާއިރާ
7. ތިމާވެށީގެ ދާއިރާ
8. މިންތީގެ ހަމަހަމަކަމަށް މަސައްކަތް ކުރުމުގެ ދާއިރާ (ޖެންޑާ އީކުއަލިޓީ)
9. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތް ކުރުމުގެ ދާއިރާ
10. ދިވެހި ބަސް ދިރުވާ އާލާ ކުރުމަށް މަސައްކަތް ކުރުމުގެ ދާއިރާ
11. ދިރާސާކުރުން އަދި އައު އުފެއްދުންތަކުގެ ދާއިރާ (ރިސާޗް އެންޑް އިނޮވޭޝަން)
12. ފަތުރުވެރިކަމުގެ ދާއިރާ
13. ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ދާއިރާ
14. ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކު ރުމުގެ ދާއިރާ
15. ޒުވާނުންގެ ބާރުވެރިކަން އިތުރު ކުރުމަށް މަސައްކަތްކުރުމުގެ ދާއިރާ (ޔޫތު އިންކޫސިވިޓީ)
16. ދީނީ ދާއިރާ
17. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ދާއިރާ
18. ދަރުމަވެރިކަމުގެ ދާއިރާ (ވޮލަންޓިއަރިޒަމް)
19. މަސްވެރިކަމުގެ ދާއިރާ
20. ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާ ކުރުމަށް މަސައްކަތް ކުރުމުގެ ދާއިރާ
21. ދަނޑުވެރިކަމުގެ ދާއިރާ
22. ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީ ފިލާ
މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 2026 ޑިސެމްބަރު 31 ވަނަ ދުވަހުގެ މެންދުރު ފަހު 13:00 އާ ހަަމައަށެވެ.
ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް ޔޫތު މިނިސްޓްރީގެ ވެބްސައިޓުންނާއި، ގޫގުލް ލިންކް: https://shorturl.at/6RwO0 އަދި އެ މިނިސްޓްރީ ހުންނަ ވެލާނާގެ 3 ވަނަ ފަންގިފިލާ މެއިން ރިސެޕްޝަން އިން ލިބެން ހުންނާނެ އެވެ.
އެޕްލިކޭޝަން ބަލައި ގަންނަން ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށް ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެ އެވެ. އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީގެ މެއިލް އެޑްރެސް [email protected] މެދުވެރިކޮށް ވެސް އެޕްލިކޭޝަން ހުށައެޅޭނެ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް