ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް މާބައިދޫ އަށް ވެސް 400 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް
ލިޔުންތެރިޔާ
ސްޓެލްކޯ އިން މާބައިދޫ އަށް ގެންދިޔަ އައު ޖަނަރޭޓަރު ސެޓު.
ލ.މާބައިދޫގައި ދެމުން އަންނަ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން އެ ރަށަށް އައު ޖަނަރޭޓަރު ސެޓެއް ގެންގޮސްފި އެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފައި ވަނީ މާބައިދޫގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކޮށް، ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން 400 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް މިހާރު ވަނީ އެރަށަށް ގެންގޮސްފައި ކަމަށެވެ.
މީގެ އިތުރުން އެ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް ބޭނުން ކުރަން ފެށުމާއެކު، މާބައިދޫގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުވެ، އެކަމުގެ ފަސޭހަތައް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވެސް ސްޓެލްކޯ އިން ވަނީ ބުނެފައި އެވެ. މާބައިދޫގެ އިތުރުން، ބައެއް އެހެން ރަށްތަަކަށް ވެސް ސްޓެލްކޯ އިން ވަނީ ޖަނަރޭޓަރު ސެޓު ފޮނުވައިފަ އެވެ.
ފެނަކަ ކޯޕަރޭޝަން އުވާލުމަށް ފަހު، މުޅި ރާއްޖޭގެ ޔުޓިލިޓީގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލު ކުރަން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައި އެވެ. އެއާއެކު ސްޓެލްކޯ އިން މިހާރު ވަނީ، މުޅި ރާއްޖޭގެ ޔުޓިލިޓީގެ ޚިދުމަތްތަކާ ހަވާލުވެފައި އެވެ. އަދި ރަށް ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް ފަސޭހަ އިން ދިނުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ސްޓެލްކޯގެ އެންމެ ބޮޑު އަމާޒަކީ މުޅި ރާއްޖެ އަށް ބޭނުންވާ ވަރަށް ކަރަންޓުގެ ޚިދުމަތް އިތުބާރާ އެކު ދީ، ރައްޔިތުންނަށް ހެޔޮ އަގުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. މުޅި ރާއްޖޭގެ ކަރަންޓުގެ ޚިދުމަތް އެ ކުންފުންޏެއްގެ ދަށަށް ބަދަލު ކުރުމާ އެކު، ކުރިއަށް އޮތް ތަނުގައި އެކަމުގެ ފަސޭހަ ރައްޔިތުންނަށް ލިބިގެންދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް